ޚަބަރުސިޔާސީ

ނަޝީދު އަސްލަމަށް ރައްދު ދެއްވީ ބޮޑުތަކުރުފާނު ވިޔަޒޯރަށް ރައްދު ދެއްވި ބައިތުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕީޖީގެ ލިޑަރު މުޙައްމަދު އަސްލަމަށް ބޮޑުތަކުރުފާނު ވިޔަޒޯރަށް ރައްދު ދެއްވި ބައިތުން ރައްދު ދެއްވައިފިއެވެ.

ރައީސް ނަޝީދު ވަކިކުރުމަށް އެދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމުމާއި ގުޅިގެން އެ ގަރާރުގައި 54 މެމްބަރުން ސޮއިކޮށްފައި ވާއިރު، ރައީސް ނަޝީދު މަޤާމުން ވަކިކުރުމުގައި އިސްވެ އުޅުއްވަނީ މެމްބަރު އަސްލަމެވެ.

އެކަމަށް ޢިޝާރާތްކުރައްވާ ”ދަ ޑިމޮކްރެޓްސް“ ޕާޓީގެ ވަޓްސްއަޕް ގުރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިކަމުގައި އަސްލަމަށް ދެއްވަން އޮތް ޖަވާބަކީ އަނދިރިއަނދިރިން ބޮޑު ތަކުރުފާނުގެ ބޯ ކަނޑައިލަން ވިޔަޒޯރަށް އެންގުމުން ބޮޑު ތަކުރުފާނު ދެއްވި ރައްދު ކަމަށެވެ.

”އަޅުގަނޑަށް ވެސް އަސްލަމް އަރިހު ހަމަ ދެންނެވޭނީ، ވެދުންކޮށް ހެދޭއިރު އަޅުގަނޑުގެ މި ބޯ، ހުރުން ބޭނުމޭ އޭގެ ޝަހްސިއްޔަތެއް“ ނަޝީދު ފޮނުއްވި މެސެޖްގައި ވެއެވެ.

މަޖިލިސް ރައީސް ކަމުން ނަޝީދު ވަކިކުރަން ހުށަހަޅާފައި ވާއިރު، މަޖިލީހުގެ ނައިބު ރައީސް އީވާ މަޤާމުން ވަކި ކުރުމަށްވެސް އެމްޑީޕީން ވަނީ ހުށަހަޅާފައެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ މިންވަރަށް މެންބަރުންގެ ސޮއި ނުލިބޭނެ ކަމަށް، ދަ ޑިމޮކްރެޓްސް ޕާޓީން ބުނަމުންދާއިރު، އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ ރައީސް ނަޝީދު ވަކިކުރަން މަޖިލީހުގެ އަޣްލަބިއްޔަތު ލިބޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button