ޚަބަރު

ތައުބާވުން ލަަސްކުރުމަކީ ޝައިޠާނާގެ ވަސްވާހުގެ ތެރޭގައި ހިމެނޭ ކަމެއް: ޚުޠުބާ

އިންސާނާ ތައުބާވުން ލަސްކުރުމަކީ ޝައިޠާނާގެ ވަސްވާހުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ތައުބާގެ އަހަމިއްޔަތާއި އޭގެ ދައުރު މި މައުޟޫއަށް ދިން ޚުޠުބާގައި ތައުބާވުން ލަސްކުރުމަކީ ޝައިޠާނާގެ ވަސްވާހުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އެމީހަކަށް އަދި ވަގުތު އެބަ އޮތްކަމަށާއި، ހާސްވެކަންބޮޑު ނުވުމަށް ބުނެ ޝައިޠާނާ ވަސްވާސް ދޭނެކަމަށް ބުނެފައިވެއެވެ.

އަދި ބައެއްފަހަރު ޝައިޠާނާ އޭނާއަށް ވަސްވާސްދީ މާޔޫސް ކޮށްލާކަަމަށްވެސް ޚުޠުބާގައި ބުންޏެވެ. ޚުޠުބާގައި ބުނީ އަހަރެމެން ﷲގެ ރަޙްމަތުން އުންމީދު ކަނޑަލައިގެން ނުވާނެ ކަމަށެވެ. އަދި އަހަރެމެންގެ މައްޗަށް އޮތީ ފާފައެއް ކުރެވޭއިރަށް ﷲގެ މަގަށް ރުޖޫޢަވެ ތައުބާވުން ކަމަށެވެ. އަދި މާތްﷲ ވެ މަގަށް ރުޖޫޢަވެ ތައުބާވެއްޖެނަމަ އެކަލާނގެ ތައުބާ ޤަބޫލުކުރައްވައި ފާފަފުއްސަވާނެ ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

”ތިން ކަމަކަށްޓަކައި ކޮންމެ މުސްލިމެއްގެ މައްޗަށް ތައުބާވުން ވާކިބުވެގެންވޭ، ފުރަތަމަ ކަމަކީ މާތް ﷲގެ އުޤޫބާތުން ރައްކާތެރިވުމަށްޓަކައި ތައުބާވުން، ދެވަނަ ކަމަކީ އޭނަގެ ޢަމަލުތައް މާތްﷲ ޤަބޫލުކުރައްވަވާ ޢަމަލުތަކަކަށް ހެދުމަށްޓަކައި ތައުބާވުން، އެހެނީ ކުށްފާފަތަކަށް އަރައިގަނެގެން ހުރެ ކުރާ ޢަމަލުތައް މާތްﷲ ޤަބޫލެއް ނުކުރައްވާނެ، ތިންވަނަ ކަމަކީ ޞާލިޙް ޢަމަލުތައް ކުރުމުގެ ހެޔޮ ތައުފީޤް ލިބިގެންވާމީހަކަށް ތިމާ ވުމަށްޓަކައި ތައުބާވުން“ – ޚުޠުބ ާ-

ޚުޠުބާގައި ބުނީ އިންސާނާއަކީ އޭނާގެ އިއްޔެއަށްވުރެ މިއަދު ހެޔޮދުވަހަކަށް ހެދުމަށް ގަދައަޅައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. އަދި އޭނާއަކީ އޭނާގެ މިއަދަށްވުރެ އޭނާގެ މާދަމާގެ ހެޔޮކަން އިތުރުކުރުމަށް ދަހިވެތިވާމީހެއް ކަމަށެވެ. އޭނާގެ އިއްޔެއަށް ބަލައި އޭނާއަށް ކުރެވިފައިވާ ޢަމަލުތައް ހިސާބުކޮށް މިޢަމަލުތައް އިޞްލާހުކުރުމަށް މަަަސައްކަތް ފަށާ ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ. އަދި އޭނާއަށް ކުރެވިފައިވާ ކުށްތަކަށް މާފުދެއްވާތޯ އެދި ﷲގެ ހަޟްރަތައް އެނބުރިދާކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ތައުބާވާމީހާ އޭނާގެ ހިތުގެ އަޑިން ﷲގެ ފުއްސެވުން އެދެންޖެހޭނެކަމަށާއި އޭނާގެ ހިތުގެ އެދުން އޭނާގެ ދުލުން ފާޅުވާން ޖެހޭނެ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ

Leave a Reply

Your email address will not be published. Required fields are marked *

Back to top button