ޚަބަރު

ރައީސް އިބްރާހީމްގެ އެންގުމަށް ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކި ކުރުމަށް އެމްޑީޕީގެ ޕީޖީން ފާސްކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެންގެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ މިހާރުގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އެކަން ވަނީ ހާމަކުރައްވާފައެވެ.

އަސްލަމް ވިދާޅުވިގޮތުގައި އެމްޑީޕީގައި މިހާރު ތިއްބެވީ 56 މެންބަރުންނެވެ. އޭގެ ތެރެއިން 42 މެންބަރުން ރައީސް ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލައިގައި ބައިވެރިވެވަޑައިގަތެވެ. ރިޔާސަތުން ވޯޓުގައި ބައިވެރިނުވެވޭއިރު، 41 މެންބަރުންގެ ތެރެއިން ރައީސް ނަޝީދު މަގާމުން ވަކި ކުރުމަށް ވޯޓު ދެއްވީ 36 މެންބަރުންނެވެ. އަދި ވޯޓު ނުދެއްވަނީ ކޮން 5 މެންބަރުންނެއްކަން އަސްލަމް ހާމައެއް ނުކުރައްވައެވެ.

މަޖިލީހުގެ އަގުލަބިއްޔަތުގެ 44 ސޮއި ލިބުމުން ނަޝީދު ވަކިކުރުމުގެ މައްސަލަ ހުށަހަޅުއްވާނެ ކަން އަސްލަމް ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް މިހާތަނަށް ހަމަކުރެވުނީ ކިތައް ސޮއިކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button