ޚަބަރުސިޔާސީ

ސަރުކާރުން އައްޑޫއަށް ވީ ވަޢުދުތައް ނުފުއްދާ މިރޭ އައްޑޫގައި ހަވާ އަރުވަނީ

ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުގެ ސަރުކާރުގެ 5 އަހަރުގައި އައްޑޫ ސިޓީގެ ތަރައްޤީއަށް ވެފައިވާ ބޮޑެތި ވަޢުދުތައް ފުއްދައި ނުދީ ރިޔާސީ އިންތިޚާބް ބޯމަތިވެފައި ވަނިކޮށް އިންތިޚާބަށް ކަޑަ ޖަހާ އުސޫލުން ތަރައްޤީގެ ނަމުގައި އިންޑިއާގެ އެހީތެރިކަމާއިއެކު މަޝްރޫޢުތަކެއް ފެށުމަށް ނިންމާ އައްޑޫ ސިޓީއަށް މި ސަރުކާރުން ގެނައި ތަރައްޤީ ފާހަގަކުރަން މިރޭ އައްޑޫގައި ހަވާ އަރުވަން ނިންމައިފިއެވެ.

ސަރުކާރުން ބުނީ އައްޑޫގައި މިރޭ ހަވާއަރުވަން ނިންމާފައިވަނީ އައްޑޫސިޓީ ކައުންސިލުން ކަމަށެވެ.

ރައީސް އޮފީހުން ބުނީ، އައްޑޫސިޓީ ކައުންސިލުން މި ނިންމިން ނިންމާފައިވަނީ އެ ސިޓީއަށް އަންނަމުންދާ ތަރައްޤީ ފާހަގަކުރުމަށް ކަމަށެވެ. އަދި ހަވާ އެރުވުން އޮންނާނީ މިރޭ އައްޑޫ ސިޓީ ސްކެއާގައި ކަމަށެވެ.

ރިޔާސީ އިންތިޚާބާއި ދިމާކޮށް އައްޑޫސިޓީ ގައި ބޮޑެތި މަޝްރޫޢުތަކެއް ފައްޓައި ދިނުމަށްކަމަށްބުނެ ރައީސް އިބްރާހިމާއި އިންޑިޔާގެ ވަފުދެއް ވަނީ އައްޑޫސިޓީއަށް ވަޑައިގެންފައެވެ.

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ އައްޑޫގެ ހުރިހާ ރަށަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއް އިއްޔެ ފައްޓަވައިފައެވެ. އަދި އައްޑޫ ދަތުރުގެ ތެރެއިން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ފެއްޓެވުމަށް ހަމަޖެހިފައިވާާއިރު، އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ރައީސް ބައްލަވައި ލައްވާނެ ކަމަށް މަޢުލޫމާތުލިބެއެވެ.

ރިޔާސީ އިންތިޚާބާއި ދިމާކޮށް އައްޑޫސިޓީއަށް ސަރުކާރުގެ ވަފްދެއް ވަޑައިގެން އުޅުއްވާއިރު، މި ސަރުކާރުން މި 5 އަހަރަށް އެކުލަވާލި މެނިފެސްޓޯގައި ވަނީ އައްޑޫސިޓީގައި ބޮޑެތި 40 މަޝްރޫޢު ހިންގުމަށް ހިމަނާފައެވެ. އެހެންނަމަވެސް މި ވަޢުދުތައް ނުފުއްދާ މިއަދު އައްޑޫސިޓީގައި ސަރުކާރުން ކުރަމުންދަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ކަމަށް އައްޑޫސިޓީގެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ސަރުކާރުން އައްޑޫސިޓީ އަށްވީ ވަޢުދުތައް

ރައީސް އިބްރާހިމްގެ ސަރުކާރުގެ 5 އަހަރުގައި ތަރައްޤީގެ ބިޔަ ބޮޑު މަޝްރޫޢުއެއް ހިންގިފައި ނުވާއިރު، އެފަދަ މަޝްރޫޢުތައް މުޅިންވެސް ހަވާލުކުރަނީ އިންޑިއާގެ ކުންފުނިތަކާއެވެ. މިކަމާއި ގުޅިގެން ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އިބްރާހިމްގެ ސަރުކާރަށް އަމާޒުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button