
އައްޑޫސިޓީގެ ޓޫރިޒަމް ތަރައްޤީނުވެ އޮތީ ރައީސް އިބްރާހިމްގެ ސަރުކާރަށް އެކަމުގައި އިޚްލާސްތެރި މަސައްކަތެއް ކުރެވިފައިނުވާތީ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އައްޑޫގެ ތަރައްޤީއާއި ގުޅިގެން ރައީސް އިބްރާހިމް ވިދާޅުވަމުންދާ ވާހަކަތަކަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ ވިލިނގިލި، ހެރެތެރެ، އަދި ހަންކެޑެ އަދިވެސް އޮތީ ރަނގަޅަށް ހިނގައިނުގަނެ ކަމަށެވެ.
ރައީސް ނަޝީދުގެ ބަހުގެ ހަމަލާއެއް ރައީސް ރައީސް އިބްރާހިމަށް އަމާޒުކުރައްވާފައިވާއިރު، ރައީސް އިބްރާހިމް ވަނީ އައްޑޫއަށް ވަޑައިގެން އެ ސިޓީގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ފައްޓަވައިދެއްވާފައިއެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ވެސް ރައީސް ސޯލިހް މިރޭ ފައްޓަވައިދެއްވާނެ އެވެ.
މިކަމަށް ޢިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ ޓޫރިޒަމް ތަރައްޤީނުވެ އޮތީ ރަށް ނެތިގެން ނޫންކަމަށާއި، އެކަންނުވެ އޮތީ މިސަރުކާރުގެ އިޚްލާސްތެރި މަސައްކަތް އެކަމަށް ނުކުރެވިގެން ކަމަށެވެ. އަދި ގަން އެއާޕޯޓް ހިންގަން ފެށުމުގެ އާ ވިސްނުންވަނީ މާ ލަސްވެފައިކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
Villingili, Herethere adhi Hankede adhives othee rangalhah higainugane. Addu City ge tourism tharaggee nuve ulhenee rah nethigeneh noon. Mi sarukaaruge ikhlaastheri masakkaiy mikamah nukurevigen. Gan airport hingan feshumuge auvisnumeh mivanee maalasvefa.
— Mohamed Nasheed (@MohamedNasheed) June 4, 2023
ކުރިއަށްއޮތް ރިޔާސީ އިންތިޚާބާއި ދިމާކޮށް ރައީސް އިބްރާހިމް އާއިއެކު އިންޑިއާގެ ވަފުދެއް އައްޑޫސިޓީ އަށް ވަޑައިގެން ކުރިއަށްގެންދާ މަޝްރޫޢުތަކާއި ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުގެ ސަރުކާރުގެ 5 އަހަރުގައި އައްޑޫ ސިޓީގެ ތަރައްޤީއަށް ވެފައިވާ ބޮޑެތި ވަޢުދުތައް ފުއްދައި ނުދީ ރިޔާސީ އިންތިޚާބް ބޯމަތިވެފައި ވަނިކޮށް އިންތިޚާބަށް ކަޑަ ޖަހާ އުސޫލުން ތަރައްޤީގެ ނަމުގައި އިންޑިއާގެ އެހީތެރިކަމާއިއެކު މަޝްރޫޢުތަކެއް ފެށުމަށް ނިންމާ އައްޑޫ ސިޓީއަށް މި ސަރުކާރުން ގެނައި ތަރައްޤީ ފާހަގަކުރަން މިރޭ އައްޑޫގައި ހަވާ އަރުވަން ވަނީ ނިންމާފައެވެ.
Thiyagothah angathalhaaa evvesraeesakah kohdhevuneekonkameh
ތިބުނާ އިޚްލާޞްތެރި މަސައްކަތް މަނިކުފާނުގެ ވެރިކަމުގައި ނުކުރީ ކީއްވެ…؟