
ރައީސް އޮފީހުގެ ލީގަލް އޮފިސަރަކު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ބިރު ދައްކައިގެން ފިކުރެއްގެ ދިރުމުން އުފެއްދި ސިޔާސީ ޕާޓީ ކަމަށްވާ ދަ ޑިމޮކްރެޓްސްގެ ދަފްތަރު ބަލާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މިކަމާ ގުޅިގެން ”ބޮންތި“ ނޫހަށް މައުލޫމާތު ދެއްވަމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެފަދަ މައްސަލައެއް ފާހަގަވެގެން އެ މައްސަލަ ބަލަމުންދާ ކަމުގައެވެ.
”އެހެން ގުޅުއްވާކަމަށް މިތާ މުވައްޒަފުން އެބަ ބުނޭ. ސީދާ އަޅުގަނޑަށް ދަންނަވާކަށް ނޭނގޭ ގުޅުއްވަނީ ކޮން ބޭފުޅެއް ކަމެއް. އެކަމަކު މުވައްޒަފުން އެގޮތަށް ބުނީމާ އެކަން އަޅުގަނޑު އެބަ ބަލަން.“ ފުއާދު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވީ އެއީ ދޮގެއް ކަމުގައެވެ.
ޑިމޮކްރެޓްސްގެ މެންބަރުންގެ ދަފްތަރު އީސީގެ ވެބްސައިޓުގައި ޝާއިއުކުރުމުގެ ކުރިން އާންމުވި މައްސަލައެއްވެސް އީސީއަށް ވަނީ ހުށަހަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްއަށް ހަފްތާއެއްގެ ތެރޭގައި ވަނީ 7000 އަށްވުރެ ގިނަ މެމްބަރުން ސޮއިކޮށްފައެވެ. އެހެން ނަމަވެސް ޕާޓީ ރަޖިސްޓްރީ ކުރުމަށް އީސީއަށް ހުށަހެޅީ 3560 ފޯމެވެ. އެއީ ގާނޫނީ އަދަށްވުރެ އިތުރަށް ޕާޓީ ރަޖިސްޓަރީ ކުރާ މަރުހަލާގައި ފޯމު ބަލައިނުގަންނާތީއެވެ.
އެމްޑީޕީގެ ކޮންޓްރޯލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަންގަވާފައިވާއިރު އެޕާޓީއާއި ދަ ޑިމޮކްރެޓްސް އާއި ދެމެދު ވަނީ ސިޔާސީ ގޮތުން ބޮޑު ވާދަވެރިކަމެއް އުފެދެމުންނެވެ.
މީ ވަގުންގެ ސަރުކާރެކެވެ. ކޮންމެ ކަމަކުންވެސް ކުރާނީ ހަމަ ވައްކަމެވެ. މި ސަރުކާރު އުފެދިގެން އައީވެސް، މަކަރާ ޙީލަތުގެ ތެރެއިންނެވެ. ތިޔައީ ޙައިރާން ވާން ޖެހޭ ކަމެއް ނޫނެވެ. އަދިވެސް، އިންތިޚާބުގެ ކުރިން ތިޔަކަހަލަ ކިތަންމެ ކަމެއް އަދިވެސް ފެންނަނެއެވެ.