ގެއްލިގެން ހޯދަމުންދިޔަ ކުޑަކުއްޖާ ފެނިއްޖެ، ޙާލު ރަނގަޅު: ފުލުހުން
ހުޅުމާލޭ ދެވަނަ ފިޔަވަހިން ކުޑަކުއްޖަކު ގެއްލިގެން ރިޕޯޓް ކުރުމާއި ގުޅިގެން ހޯދަމުންދިޔަ ކުއްޖާ ފެނިއްޖެ ކަމަށާއި އެކުއްޖާގެ ޙާލު ރަނގަޅު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މިއަދު ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ ޅ. ކުރެންދޫ / ހުދުފަޅު، ޢަބްދުއްނާފިޢު އިބްރާހިމް (17އ)، ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ރޭގެ ވަގުތެއްގައި ކަމަށެވެ.
މިކަމާއިގުޅިގެން ”ބޮންތި“ ނޫހުން ފުލުހުންނާއި ކުރި ސުވާލުގެ ޖަވާބުގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔަ ޢަބްދުއްނާފިޢު މިރޭ 19:38 ހާއިރު ވަނީ ގެއަށްއައިސްފައި ކަމަށާއި، ކުއްޖާގެ ޙާލު ރަނގަޅުކަމަށެވެ.
ވީނުވީއެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ ޅ. ކުރެންދޫ / ހުދުފަޅު، ޢަބްދުއްނާފިޢު އިބްރާހިމް (17އ) މިހާރު ވަނީ ފެނިފައި
ކުއްޖާ އަމިއްލައަށް މިރޭގެ ވަގުތެއްގައި ގެއަށް އައސްފައިވާކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވޭ. ކުއްޖާގެ ހާލު ރަނގަޅު— Maldives Police (@PoliceMv) May 22, 2023
ފުލުހުން މިކަމާއި ގުޅިގެން ވަނީ ޓްވީޓްވެސް ކޮށްފައެވެ. ޓްވީޓްގައި ބުނެފައިވަނީ ވީނުވީއެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ ޅ. ކުރެންދޫ / ހުދުފަޅު، ޢަބްދުއްނާފިޢު އިބްރާހިމް (17އ) މިހާރު ވަނީ ފެނިފައި ކަމަށާއި، ކުއްޖާ އަމިއްލައަށް މިރޭގެ ވަގުތެއްގައި ގެއަށް އައސްފައިވާކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ.