ޚަބަރު
ގެއްލިގެން ހޯދަމުންދިޔަ ފުވައްމުލަކު ޒުވާނާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ޏ. ފުވައްމުލައް / ދޫޑިގަން، ރަންދެލިގެ ހަސަން ޖަމީލް (30އ) މިއަދުގެ ވަގުތެއްގައި މާލެއިން ފެނިފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ޏ.ފުވައްމުލަކު ޒުވާނެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފެށިކަމަށް އިޢުލާނުކުރީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
އޭނާ އެންމެ ފަހުން އާއިލާއަށް ޚަބަރެއް ވެފައިވަނީ މެއި 7 ވަނަ ދުވަހުކަމާއި އޭނާ މާލޭގައި ހުރިކަމަށް އާއިލާއަށް ގުޅާފައި ބުނެފައިވާކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަންފުލުހުން ވަނީ މީގެކުރިން ހާމަކޮށްފައެވެ.

މިއަދު ކުރި ޓްވީޓެއްގައި ފުލުހުންބުނީ ގެއްލިގެން ހޯދި ޒުވާނާ ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.