ޚަބަރުދުނިޔެ

އިންޑިޔާގެ ސަރަޙައްދީ އިންތިޚާބުގައި ބީޖޭޕީއަށް ބޮޑު ނާކާމިޔާބެއް

އިންޑިއާގެ ކަރްނާޓަކާގެ އެސެމްބްލީ އިންތިޚާބުގައި ބޮޑުތަނުން ބީޖޭޕީ ބަލިކޮށް ކޮންގްރެސް އިން ކާމިޔާބު ހޯދައިފިއެވެ.

އިންޑިއާގެ އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮންގްރެސް އިން 114 ގޮނޑި ކާމިޔާބުކޮށް 22 ގޮނޑިން ލީޑް ކުރަމުންދާއިރު، ބީޖޭޕީން 51 ގޮނޑި ހޯދައި 13 ގޮނޑި ލީޑް ކުރަމުންދާއިރު، ޖަނަތާ ޑާލް (ސެކިއުލަރ) އަށް 17 ގޮނޑި ލިބި ތިން ގޮނޑިން ލީޑް ކުރަމުންދެއެވެ. އެ އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވާ އަޣުލަބިއްޔަތަކީ 113 ގޮނޑިއަށް ވާއިރު، ކޮންގްރެސް އަށް މިހާރު ވެސް ސާދާ އަޣުލަބިއްޔަތެއް ލިބިފައެވެ.

މިއަދު ބޭއްވި އިންތިޚާބުގައި ކޮންގްރެސްއިން 137 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ. އިންތިޚާބުގައި 224 ގޮޑި ހިމެނިގެން ދިޔައިރު ބީޖޭޕީއަށް ލިބިފައިވަނީ މަދު ގޮނޑިއެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޕާޓީ ބީޖޭޕީއަށް ލިބުނު ބޮޑު ނާކާމިޔާބެކެވެ.

ކަރްނާޓަކާ އިންތިޚާބުގެ ވަގުތީ ނަތީޖާ

2018 ގައި އޮތް އިންތިހާބުގައި މި ސްޓޭޓުން ބީޖޭޕީ ވަނީ 104 ގޮނޑި ކާމިޔާބު ކޮށްފައެވެ. އެފަހަރު ކޮންގްރެސް އަށް ލިބިފައި ވަނީ 78 ގޮނޑިއެވެ.

އިންޑިއާގެ މުސްލިމުންގެ ތާއީދު ގެއްލިފައިވާ ބީޖޭޕީއަށް ވަނީ ގާތްގަނޑަކަށް މުސްލިމުންގެ 13 އިންސައްތަ ވޯޓު ގެއްލިފައެވެ. ވޯޓުލާ މުސްލިމުންގެ 13 އިންސައްތަ ވޯޓް ކާމިޔާބުކުރީ ކޮންގްރެސް އިންނެވެ.

ކަރްނާޓަކާ އަކީ 84 ޕަސެންޓް ހިންދޫން އަދި 13 ޕަސެންޓް މުސްލިމުން ދިރިއުޅޭ ސްޓޭޓެކެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button