ޚަބަރު

ބަނގުރާ ވިއްކި ސަފާރީ އުކުޅަހު ފަޅުތެރެއިން ނެރުމަށް ކޯޓުން އަމުރުކޮށްފި

އއ.އުކުޅަސް ފަޅުތެރޭ އަޅާފައި އޮތް ސަފާރީއަކުން ރަށުގައި އުޅޭ ފަރާތްތަކަށް ބަނގުރާ ވިއްކަމުންދާތީ އެ ސަފާރީ ފަޅުތެރެއިން ނެރުމަށް އުކުޅަހު ކޯޓުން މިރޭ އަމުރެއް ނެރެފި އެވެ.

އއ. އުކުޅަހު ބަނދަރުގައި އޮތް ސަފާރީއަކުން ބަނގުރާ ވިއްކާ ކަމަށް ތުހުމަތު ކުރެވޭ ސަފާރީ ފަޅުތެރެއިން ނުނެރޭތީ އެ ރަށުގެ ރައްޔިތުން އިހްތިޖާޖް ކުރުމުންވެސް ކައުންސިލުން އަޅާނުލުމުން އެރަށު ރައްޔިތުން ނުކުމެ ރަށު ކައުންސިލްގެ ދޮރު ބަންދު ކޮށް މުޒާހަރާ ކުރަންފެށުމުން އެސްއޯ ފުލުހުންގެ ޓީމެއްވަނީ އެރަށަށް ގޮސްފައެވެ. އެހެންނަމަވެސް އެހެންނަމަވެސް ފުލުހުން ބެލި ބެލުމުން އެ ސަފާރީ އިން ބަނގުރާ ފެނިފައިނުވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ސަފާރީ އުކުޅަހު ފަޅުތެރެއިން ނެރުމަށް ކޯޓުން ކުރި އަމުރާއިއެކު އެރަށު ރައްޔިތުން އަންނަނީ އުފާ ފާޅު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button