ޚަބަރު

ބަނގުރާ ބޭނުންކޮށް މަސްތު ހާލަތުގައި ހުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި

މަސްތުގެ ހާލަތުގައި ހުރި އިންޑިއާ މީހަކު، ދިވެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އުމުރުން 35 އަހަރުގެ އެ މީހާ ހައްޔަރުކުރީ 15 ޑިސެންބަރުގައި ކަމަށް މައުލޫމާތު ލިބެއެވެ. އިއްޔެ އޭނާގެ ބަންދާއި ގުޅިގެން ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ބަންދުގެ މުއްދަތަކަށް ޖަހާފައިވެއެވެ.

މައުލޫމާތު ލިބޭގޮތުގައި އެމީހާ އަކީ ރަޖަވިގަނޭޝް ޗަންދްރްމޯހަން ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ފަތުރުވެރިއެއްކަމެއް ނުވަތަ ރާއްޖޭގައި މަސައްކަތްކުރާ މީހެއްކަމެއްވެސް އަދި ސާފެއްނުވެއެވެ. މިހާރަކަށް އައިސް ރާއްޖޭގައި މަސައްކަތްކުރަން ގެނެސްފައިތިބޭ އިންޑިއާ މީހުން އާންމު ތަންތަނުގައި މަސްތު ހާލަތުގައި ތިބެ ފެނުމަކީ އާންމުކަމަކަށްވެފައިވާއިރު، ބަނގުރާ ކެއްކުންވެސް މިހާރުވަނީ އާންމުކަމަކަށްވެފައެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތްކުރުމަށްވެސް ގެނެސްފައިތިބީ އިންޑިއާ މީހުންކަމަށްވާއިރު، ގުޅީފަޅާއި ތިލަފުށީގެ އެމީހުން ދިރިއުޅޭ ތަންތަނުގައި ބަނގުރާ ކައްކައި އެ ބޮއެ މަސްތުވެގެން ތިބޭކަމުގެ މައްސަލައަކީ މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button