ރާއްޖޭގެ ރިސޯޓެއްގައި ”އެތަށް“ އަޅުކަންކުރުން ޕްރޮމޯޓް ކޮށްފި

ރާއްޖޭގެ ރިސޯޓެއްކަމަށްވާ ޑަބްލިޔު މޯލްޑިވްސް ރިސޯޓްގައި އެތަށް އަޅުކަންކުރުން ޕްރޮމޯޓްކުރާ ފޮޓޯތަކެއް ސޯޝަލްމީޑީއާގައި އާންމުކޮށްފިއެވެ.
މިފޮޓޯތައް އާންމުކޮށްފައިވަނީ އެކިއެކި ޙަފްލާތައް ޒީނަތްތެރިކުރުމުގެ މަސައްކަތްކުރާ އިކެބާނާ މޯލްޑިވްސްގެ އިންސްޓަގްރާމް ޕޭޖުގައެވެ.
ފޮޓޯތަކުން ފެންނަގޮތުގައި ޑަބްލިޔު ރިސޯޓްގައި ކައިވެނީގެ ޙަފްލާއަކަށް ހަދާފައިވާ ތީމްގައި ދައްކުވައިދެނީ އެތަށް އަޅުކަންކުރުން ނުވަތަ ހިންދޫއިން އަޅުކަންކުރާ ގަނޭޝް ރަމްޒުކޮށްދޭ މަންޒަރުތަކެކެވެ. އެގޮތުން މާމެލާމެލިން ޒީނަތްތެރި ކޮށްފައިވާ ބޮޑު އެތެއް ބާއްވާފައިއޮތެވެ. އަދި ބުދުދީނުގެ މީހުން އަޅުކަންކުރަން ބޭނުންކުރާ އެހެނިހެން ސާމާނުތައް ދައްކުވައިދީފައިވެއެވެ. މީގެއިތުރުން އެތައް އަޅުކަންކުރާމީހުން ބޭނުންކުރާ ގަނޭޝް ބަހައްޓާފައި ވަށައިގެން އެތަށް އަޅުކަންކުރަން ބޭނުންކުރާ ބުދުގެ ފޮޓޯ ހުރި މަންޒަރު ފެނިގެންދެއެވެ.

މިކަމާއިގުޅިގެން ބައެއް ޢިލްމުވެރިންނާއި އާންމުން ބުނަމުންދަނީ މިފަދަކަންކަމުން އަންގައިދެނީ އެހެން ދީން ތަކަށްވެސް ރާއްޖޭގައި ފުރުޞަތުއޮތްކަމާއި، ޚާއްސަކޮށް ހިންދޫ ދީނަށް ފުރުޞަތު އޮތްކަން ދޭހަވާކަމަށާއި، މިކަމާދެކޮޅަށް ތެދުވަންޖެހޭ ކަމަށެވެ.
މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރާ ހޯމް މިނިސްޓަރު ޓެގް ކުރައްވާ ޝެއިޚް ޒަމްޒަމް ފާރިޝް ކުރެއްވި ޓްވީޓެއްގައި ވަނީ ހިންދޫ ދީނުގެ ބާތިލް އެތް ކަލާނގެ ހަދައިގެން ޝިރްކް ޕްރޮމޯޓް ކުރާއިރު މިކަން ހުއްޓުވުުމުގެ ބާރުނެތް މަޤާމްތަކުގައި ތިބުމުގެ ބޭނުމެއް އެބައޮތްތޯ ސުވާލު ކުރައްވާފައެވެ.
@ShimranAb Dr @AhmedZahirAli, engilavvaa thoa miee kihineh hingaa kameh kan?
Hindhoonge bodu baathilu elephant kalaange hadhaigen eki kulavarun esoruge foto aruvaigen miyoh shikuru promote kuranee
Meegen kameh huttuvumuge baareh nei maqaamuthakegga thibumuge beynumeh ebaoi thoa? pic.twitter.com/gKxYEn1P7V— ZamzamFarish – ޒަމްޒަމް ފާރިޝް (@ZamzamFarish) May 13, 2023
ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވީއިރު، ރާއްޖޭގެ ޤާނޫނު އަސާސީގައިވެސް ބަޔާންކޮށްފައިވަނީ އެންމެހާ ކަންކަންކުރުމުގެ މިނިވަންކަން ލިބިދީފައިވަނީ އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފްނުވާ ގޮތުގެމަތީންކަމަށެވެ. އިސްލާމީޤައުމެއްގައި ކަނޑައެޅިގެން އެހެން ދީންތައް ފެތުރުމަކީ އެޤައުމެއްގެ ޤާނޫނާއިވެސް މުޅިން ޚިލާފްކަމެކެވެ. އެހެންނަމަވެސް ރާއްޖޭގައި މިފަދަކަންކަން އިޝްތިހާރުކޮށް ހެދުން ވަނީ މިހާރު ވަރަށް ބޮޑަށް އާންމުވެފައެވެ.
އިއްޔެގެ ވަގުތެއްގައި ސޯޝަލްމީޑިއާގައި ވަނީ އިންޑިއާ ބަޔަކު މާލޭގެ އާޓިފިޝަލްބީޗް ސަރަޙައްދުގައި ބަނގުރާބޮއެގެން މަސްތުވާ މަންޒަރުތަކެއްވެސް ދައުރުވެފައެވެ.
މީގެ އިތުރުން މިދިޔަ އަހަރުވެސް މިފަދަ އެތައް މައްސަލަތަކެއް ފެންމަތިވުމާއިއެކު އެހެންދީންތައް ފެތުރުން ހުއްޓުވުމުގެ އަމުރު ކްރިމިނަލްކޯޓުން ވަނީ ފުލުހުންގެ މައްޗަށް ކޮށްފައެވެ. އެހެންނަމަވެސް ފުލުހުން އޭރު ބުނެފައިވަނީ އެ އަމުރު ތަންފީޒުކުރުމަށް ވަގުތުނަގާނެ ކަމަށެވެ.
ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި މިފަދައިން އެހެންދީންތައް ޕްރޮމޯޓް ކުރުމަކީ މަނާކަމެކެވެ. މިކަމާއިގުޅިގެންފުލުހުންގެބަހެއްހޯދުމަށް ”ބޮންތި“ނޫހުން ގުޅިނަމަވެސް މިހާތަނަށް ފުލުހުން ޖަވާބުދީފައި ނުވެއެވެ.
Elephant 🐘 mi gothah thayyar kuranee kai venini kuraa firihenaa savaaru vegen anhen kujaa ge gey dhosha nooni kaiveni kuran hama jehifai vaa thanah dhiumah aa ethaa ebay huri alhukan kuran gen gulhey faa dude ethuge photo ves
i