ޚަބަރު

ދައުލަތުގެ ދަރަނި އަތް ނުފޯރާ ހިސާބަށް!

މިއަހަރު ނިމޭ އިރު ދަރަނި 79 ބިލިޔަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ހުރީ 67 ބިލިޔަން ރުފިޔާއަށް އަރާފައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ”ފިސްކަލް އެންޑް ޑެޓް ސްޓްރެޓެޖީ ރިޕޯޓް“ ގައިވާ ގޮތުން މިދިޔަ އަހަރު ނިމުނު އިރު އޮތް 67 ބިލިޔަން ރުފިޔާގެ ދަަރަންޏާ އެކު، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަަރަކީ 115 ޕަސެންޓެވެ.

މިއަދަދު މިއަހަރު ނިމޭއިރު 79 ބިލިޔަން ރުފިޔާއަށް އަރާ އިރު އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ވަރަށްވެސް ބޮޑު އިންސައްތައެކެވެ. އެއީ 128 އިންސައްތައެވެ. މީގެ ތެރެއިން ތެރެއިިން ބޭރުގެ ދަރަނީގެ މިންވަރަކީ 38 ބިލިޔަން ރުފިޔާ އެވެ. އެތެރޭގެ ދަރަންޏަކީ 41 ބިލިޔަން ރުފިޔާ އެވެ.

މި ރިޕޯޓުގައިވާ ގޮތުގައި ކޯވިޑް19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ދުވެލި ވަނީ 32 އިންސައްތަ ދަށަށްގޮސްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button