ޚަބަރުސިޔާސީ

އަލީ އާޒިމް ޑރ.އިޔާޒަށް: ތިއީ މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ މީހެއް

ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފަކީ މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ މީހެއް ކަމަށް ރައްޔިތުންގެ މަޖްލީހުގެ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރުކަންވެސް ކުރައްވާ އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. އިޔާޒަކީ މީހުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދައި، ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ނަގާލަން މަސައްކަތްކުރާ މީހެއް ކަމަށެވެ.

މެންބަރު އާޒިމް މި ޓްވީޓުކުރެއްވީ، އިސްލާމިކް މިނިސްޓްރީއިން ހިންގާ ތަފްސީރު ކުލާސްތަކުގައި ޑރ. އިޔާޒް ކިޔަވައިދެއްވާކަން އިއުލާންކޮށް އެ މިނިސްޓްރީއިން ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

”ހެޔޮނުވާނެ މީނަޔަށް މިކަހަލަ ފުރުސަތު ދޭކަށް.“ އާޒިމް ވިދާޅުވިއެވެ.

ޑރ. އިޔާޒަށް ފާޑުވިދާޅުވެ އާޒިމް ޓްވީޓު ކުރައްވާފައި ވާއިރު، ފަހަކަށް އައިސް އެބޭފުޅާއަށް ދަނީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވަމުންނެވެ. އެބޭފުޅާ ފާހަގަވެފައުވަނީ ދީނީ ކަަންކަމުގައި ރައީސް ސާލިޙްގެ ސަރުކާރުން ގެންގުޅޭ އުސޫލުތަކަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

އެގޮތުން ދާދިފަހުން އާންމުވި ލިވާތު ވީޑިއޯ ތަކާއި ގުޅިގެން ސަރުކާރުން އެކަމަށް ފަރުވާލެއް ބަހައްޓާފައި ނުވާ މައްސަލައާއި، ސަރުކާރުގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުން ބަދްއަހްލާގީ އަމަލު ހިންގާކަމުގެ އެތައް މައްސަލައެއް ފެންމަތިވެފައިވާއިރު، ޑރ. އިޔާޒް ގެންދަވަނީ ސަރުކާރުން އެކަމާމެދު އަމަލު ކުރަމުންދާ ގޮތް ވަރަށް ބޮޑަށް ދިފާއު ކުރައްވަމުންނެވެ.

މީގެ އިތުރުން ދީނުގެ ބައެއް ކަންކަމާ ގުޅޭ މައުލޫމާތު އޮޅޭ ގޮތަށް ދިނުމާއި، ދީނުގެ ނަމުގައި ސިޔާސީ މަންފާ ހޯދުމުގެ ގިނަ ތުހުމަތިތަކެއް ވަނީ ޑރ. އިޔާޒަށް އަމާޒުވެފައެވެ.

2 Comments

  1. Dhifaau ko vaahaka eh nudhakkaa
    eynaa bunee video aai photo in saabithe nukure vey ne ye , ey ge maa na akee e masala nuba laa she key noon , thahu geegu kureema thaa saabith kure vey nee
    Mi noohakee laa dhee nee bayaku hingaa noo hakaa varah vatharu

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button