ރައްޔިތުން ނުކުމެ ދާލު އެއަރޕޯޓު ބަންދުކޮށްފި
ރައްޔިތުން ނުކުމެ އިހްތިޖާޖުކޮށް ދ. ކުޑަހުވަދޫގައި ގާއިމްކޮށްފައިވާ ދާލު އެއަރޕޯޓު ބަންދުކޮށްފިއެވެ.
ކުޑަހުވަދޫގައި ކުރިއަށްދިޔަ މި އިހްތިޖާޖުގެ ބައިވެރިއަކު ”ބޮންތި“ އަށް މައުލޫމާތު ދިންގޮތުގައި ރޭގެ މެންދަމެއްހާއިރު ގިނަ ބަޔަކު އެއަރޕޯޓު ސަރަހައްދަށްއެއްވެ, އެއަރޕޯޓު ބަންދުކޮށް އިހްތިޖާޖުކޮށްފައިވަނީ އެ އެއަރޕޯޓުން އޮޕަރޭޓުކުރާ އެއަރލައިންއެއް ކަމަށްވާ މަންޓާ އެއަރއިން ބަލިމީހުން އުފުލުމަށް ދެކޮޅު ހަދަމުންދާތީއެވެ.
އިހްތިޖާޖުކުރުމަށް ނިންމީ އެކި ގޮތްގޮތުން އެކަން ހައްލުކޮށްދިނުމަށް އެ އެއަރލައިންގައި ތަކުރާރުކޮށް އެދުމުންވެސް އެކަމަށް ހައްލެއް ހޯދައި ނުދިނުމުން ކަމަށާއި, މި މައްސަލަ ހައްލުކޮށްދީ, އެ އެއަލައިނުން ބަލިމީހުން އުފުލުމުހެ ހިދުމަތް އަލުން ދެންދެން އިހްތިޖާޖު ކުރިއަށް ގެންދާނެ ކަމަށް އެފަރާތުން ބުންޏެވެ.
މީގެ އިތުރުން އެފަރާތުން ބުނި ގޮތުގައި ސަރުކާރުން އެއަލައިންތަކުން ދޭ ހިދުމަތްތަކާއިމެދު އެއްވެސް ފަރުވާލެއް ނުބަހައްޓާކަމަށާއި, އެއަރލައިންތަކުން ބޭނުންހައިގޮތެއް ހަދަނީ މިސަބަބަށް ކަމަށް ބުންޏެވެ. އަދި ބަލިމީހުން އުފުލުމަކީ މާލެއާއި ހިލާފަށް އަތޮޅުތަކުގައި ނުހަނު މުހިންމު ހިދުމަތެއް ކަމަށާއި, އެއްވެސް އެއަރލައިނަކުން ބަލިމީހުން އުފުލުމަށް ދެކޮޅު ހަދާނަމަ އެއީ ބޮޑު ގޯހެއް ކަމަށްވެސް އެފަރާތުން ބުންޏެވެ.
ކުޑަހުވަދޫގައި ގާއިމްކޮށްފައިވާ ދާލު އެއާރޕޯޓަކީ އަތޮޅު ތެރޭގައި މިހާރު ގާއިމްކޮށްފައިވާ ޖާގައިގެ ގޮތުން އެންމެ ތަނަވަސް އެއް އެއަރޕޯޓެވެ. މި އެއަރޕޯޓުގެ މަޝްރޫޢަށް ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު ހަރަދުވެފައިވާއިރު، އެއަރޕޯޓް ތަރައްގީކޮށްފައި ވަނީ އެރަށުގެ ފަޅުން ގާތްގަނޑަކަށް 62 ހެކްޓަރުގެ ބިން ހިއްކައިގެނެވެ.
މަންޓާ އެއަލައިން އިން ދަނީ ދާލު އެއަރޕޯޓު ހުޅުވުނީއްސުރެ އެ އެއަރޕޯޓުގައި އޮޕަރޭޓުކުރުމަުންނެވެ. އަދި މީގެ ކުރިން އެ އެއަރލައިނުން ބަލިމީހުން އުފުލުމުގެ ހިދުމަތް ދީފައިވާ ނަމަވެސް, މި ހިދުމަތް ހުއްޓާލާފައިވަނީ ކޮންސަބަބަކާހުރެ ކަމެއް ސާފެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން މަންޓާ އެއަރގެ ބަހެއް ހޯދުމަތް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
މުޒާހަރާ ރޫޅާލުމަށް މަސައްކަތް ކުރަމުންދާ ފުލުހުންނާއި އާންމުންނާއި ދެމެދު މިއަދު ވަނީ ހަމަނުޖެހުން ވެސް ހިނގާފައެވެ.
Rahyithun nikume laadheenee ganjaaboa bandhukohbala gaumah jehifa oiy vabaa eh