ޚަބަރު
ރައީސް ޔާމީން ކުޑަހުވަދޫއަށް ވަޑައިގަންނަވަނީ

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ދ. ކުޑަހުވަދުއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ރައީސް ޔާމީން ކުޑަހުވަދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ 29 ސެޕްޓެމްބަރު ވާ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އެމަނިކުފާނު ޖަލުން މިނިވަންވެވަޑައި ގަތުމަށްފަހު ރާއްޖޭގެ ގިނަ ރަށްތަކަކަށް ވަޑައިގަތެވެ. އެއިރު ވަޑައިގަތީ ”އިންޑިއާ އައުޓް“ގެ ނަމުގައި އިދިކޮޅު ކޯލިޝްން އިން ކުރިޔަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެހެން ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގެ ފަހުން އެމަސައްކަތް މަޑުޖައްސާލިއެވެ.
މި ދަތުރުފުޅަކީ ”އިންޑިއާ އައުޓް“ ހަރަކާތަށް ފަހު ޔާމީން ރަށަކަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.