
ގައުމީ ސަލާމަތުގެ ލަފްޒު ހިމަނައިގެން ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ދެކޮޅު ހަދައިފިއެވެ.
އެމްޖޭގެ ޓުވިޓަރ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ވަނީ އެޓާނީ ޖެނެރަލް އޮފީހަށް ހެއްކާބެހޭ ބިލް ގެ 138 ވަނަ މާއްދާ އިސްލާހް ކުރުމަށް ގޮވާލާފައިވެއެވެ.
ހެއްކާ ބެހޭ ގާނޫނުގެ 138 ވަނަ މާއްދާ އިސްލާހު ކުރަން މަޖިލީހަށް ފޮނުވުމަށް އޭޖީ އޮފީހުން މިހާރު އެކުލަވާލާފައިވާ ޑްރާފްޓްގައި ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި އޭގެ ތެރެއިން ގިނަ ކަންކަމަށް ހައްލު ލިބޭ ގޮތަށް ބިލް އެކުލަވާލާފައިވާތީ އެ ޖަމިއްޔާއިން އެކަން ފާހަގަކޮށްފައިވެއެވެ. އެހެން ނަމަވެސް، އެ ޑްރާފްޓްގައި އަދިވެސް އެ ޖަމިއްޔާއިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ.
🚨 MJA opposes amending the Evidence Act with 'National Security' intact. We note that the draft bill formulated by the @AGOmv to amend Article 138 of the Evidence Act addresses many of the concerns of journalists. 1/4 pic.twitter.com/4VaxrGcOps
— Maldives Journalists Association (@mjamaldives) September 26, 2022
އެ ކަންބޮޑުވުންތަކުގެ ތެރޭގައި ގައުމީ ސަލާމަތުގެ ކުށް މާނަކުރާ ގާނޫނެއް މިވަގުތު ރާއްޖޭގައި ނެތަތީ ގައުމީ ސަލާމަތް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އޮތުމުން ގައުމީ ސަލާމަތް ހިމަނައިގެން ގަނޫނު އިސްލާހު ކުރަން އެ ޖަމްއިއްޔާއިން ދެކޮޅެވެ. އަދި މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ވެސް ނޫސްވެރިޔާއަށް މަސްދަރު ހާމަކުރަން އިދާރާތަކަށް މަޖުބޫރުކުރެވޭ ފަދަ މާއްދާއެއް ހިމަނާފައި ވާތީ އެ މާއްދާ އިސްލާހުކޮށްދިނުމަށްވެސް އެދިފައިވެއެވެ.