ޚަބަރު

ކުޑަހުވަދޫ މުޒާހަރާއާއި ގުޅިގެން 6 މީހަކު ހައްޔަރު ކުރުމުން ރައްޔިތުން ކޯޓު ދޮށައް އެއްވެއްޖެ

މަންޓާ އެއަރލައިނަށް ބަލި މީހަކު ނޭރުވި މައްސަލައިގައި ރައްޔިތުން ނިކުމެ ކުރި މުޒާހަރާއާއި ގުޅިގެން އެރަށުން ހަ މީހަކު ހައްޔަރު ކުރުމުން ރައްޔިތުން ކޯޓުދޮށައް އެއްވެ އެމީހުން ދޫކޮށް ލުމަށް ގޮވާލައިފިއެވެ.

”ބޮންތި“ އަށް ދ.ކުޑަހުވަދޫ މައުލޫމާތު ދިން މީހަކު ބުނިގޮތުގައި ހަ ޒުވާނަކު ހައްޔަރުކޮށް މުއްދަތު ޖަހަން ގެންދިޔުމަކީ ވަރަށް ނާތަހުޒީބީ ކަމެއް ކަމަށާ، މީ މަންޓާ އިން ބަލި މީހަކު ނޭރުވުމުން އެމީހާގެ ހައްގުގައި ކުރެވުނު ސުލްހަވެރި ކަމެއް ކަމަށާއި، ރައްޔިތުން ޝުއޫރު ފާޅުކުރަން ތިއްބައި ފުލުހުން ހުރަސް އަޅައި ސުލްހަ މަސްލަސް ކަން ނަގާލީކަމަށެވެ.

އިތުރަށް އެމީހާ ފާހަގަ ކުރިގޮތުގައި ރަށު ކައުންސިލް އިން އެއްވެސް ބަހެއް މިވަރުކަމެއްވެގެން ދިޔައިރު ނުބުނެ ތިބުމަކީ ޒިންމާތައް އަދާ ކުރެވޭ ކަމާމެދު ސުވާލުއުފެދޭކަމެއް ކަމަށެވެ. އަދި ސަރުކާރުން ވެސް، މަންޓާއިން މިކަމަށް އަމަލީ ހައްލެއް ނުގެންނަނީސް މިކަން ހުއްޓާނުލާނެ ކަމަށް ވެސް އޭނާ ބުންޔެވެ.

ކުޑަހުވަދޫ އެއާޕޯޓު ސަރަހައްދަށް ގޮސް ބަޔަކު ހަމަނުޖެހުން ހިންގަން ފަށާފައިވަނީ އެ ރަށުން ހާޓްއެޓޭކެއް ޖެހުނު ޒުވާނަކު، މާލެ ނުގެނެވި ލަސްތަކެއް ދިމާވެ މަންޓާއަށް ބަލި މީހާ ނޭރުވި މައްސަލައިގައެވެ.

2 Comments

  1. ހޫން ސުލުހަވެރިކަމުން ޖޯލިފަތި އުކީ އެހެން ރަށަކަށް ގެންގޮސްގެންވެސް މުއްދަތު ޖަހާތި އެހެންނޫނީ ތިކަންވާނީ ނުބައި ސައިންއަކަށް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button