ކުޑަހުވަދޫ މުޒާހަރާއާއި ގުޅިގެން 6 މީހަކު ހައްޔަރު ކޮށްފި

މަންޓާ އެއަރލައިނަށް ބަލި މީހަކު ނޭރުވި މައްސަލައިގައި ރައްޔިތުން ނިކުމެ ކުޑަހުވަދޫގައި ކުރި މުޒާހަރާއާއި ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހައްޔަރުކުރި 6 މީހުންގެ ތެރެއިން 4 ފިރިހެނަކު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި އަނެއް ދެ މީހުން ހައްޔަރުކުރީ އެ މީހުން ހައްޔަރުކުރަން އުޅުމުން އެކަމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 27 އަހަރުގެ ދެ މީހަކާއި 28 އަހަރާއި 31 އަހަރުގެ ދެ މީހެއްގެ އިތުރުން 32 އަހަރުގެ މީހެއް ކަަމަށް ފުލުހުން ބުނެއެވެ.
ކުޑަހުވަދޫ އެއާޕޯޓު ސަރަހައްދަށް ގޮސް ބަޔަކު ހަމަނުޖެހުން ހިންގަން ފަށާފައިވަނީ އެ ރަށުން ހާޓްއެޓޭކެއް ޖެހުނު ޒުވާނަކު، މާލެ ނުގެނެވި ލަސްތަކެއް ދިމާވެ މަންޓާއަށް ބަލި މީހާ ނޭރުވި މައްސަލައިގައެވެ.
މަންޓާއިން ބަލިމީހާ އުފުލަން އެއްބަސް ނުވުމުން ބަލި މީހާ މާލެ ގެނެސްފައިވަނީ މޯލްޑިވިއަންގެ އެއާލައިނެއްގައެވެ.
ބަލި މީހާ ގެންދިޔަފަހުން ވެސް އެރަށު ރައްޔިތުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފައެވެ.