
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ދ.ކުޑަހުވަދޫއިން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އެމަނިކުފާނު ކުޑަހުވަދޫއަށް ވަޑައިގެންނެވީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ކުޑަހުވަދޫ އެއާޕޯޓެއް ތަރައްގީކުރުމުގެ އިތުރުން އެރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ވަނީ ހަދާފައެވެ.
ކުޑަހުވަދޫއަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި މިރޭ އެ ރަށުގައި ހާއްސަ ޖަލްސާއެއް އޮންނާނެއެވެދ. އަދި މިޖަލްސާގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެއެވެ.