ޚަބަރު
މަޑަވެލީ ދޯންޏަކުން 57 ޓަނުގެ މަސް ކިރައި، ރިކޯޑެއް ހަދައިފި
ގދ.މަޑަވެއްޔަށް ނިސްބަތްވާ ޓީއެސް ލައިން ނަމަކަށް ކިޔާ މަސްދޯންޏަކުން 57 ޓަނުގެ މަސް ކޫއްޑޫއަށް ކިރައި، ދޮށީގެ މަސްވެރިކަމުގެ އައު ރެކޯޑެއް ހަދައިފިއެވެ.
ޓީއެސް ލައިން ދޯނީގެ ވެރިފަރާތް ކަމުގައިވާ އަމްޖަދު ހަސަން ”ބޮންތި“ އަށް މައުލޫމާތު ދިން ގޮތުގައި އެ ދޯނިން ވަނީ 57.152 ޓަނުގެ މަސް ކޫއްޑޫއަށް ކިރާފައެވެ.
މިކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝިން ކޮމްޕެނީ (މިފްކޯ)ގެ ސީއީއޯ އިސްމާއީލު ފައުޒީވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ފައުޒީ ވިދާޅުވިގޮތުގައި އެއީ ރާއްޖޭގެ ދޮށީގެ މަސްވެރިކަމުގައި މުޅިން އައު ރެކޯޑެކެވެ.
މަސްވެރިކަން ތިޔާގިވެ، ކޮންމެ ދުވަހަކު ބާނާ މަސް ނުކިރޭކަމުގެ ޝަކުވާ މަސްވެރިން އަންނަނީ ކުރަމުންނެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް އަދި މިހާތަނަށް ފުއްދިފައެއް ނުވެއެވެ.