ޚަބަރު

ޖޭއެސްސީ އެކުލެވިގެންވާގޮތް މުރާޖައާ ކުރުމުގެ މަސައްކަތް ފަށައިފިން: އޭޖީއޯ

ޖުޑީޝިއަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް މުރާޖާޢާކުރުމުގެ މަސައްކަތް ފަށައިފިކަމަށް އެޓަރނީ ޖެނެރަލް ގެ އޮޕީހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެއްޖެއެވެ.

މި ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް މުރާޖާޢާކޮށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް އިސްލާހުގެނައުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނު އެކުލަވާލުމުގެ މަސައްކަތް އެ އޮޕީހުން ކުރަމުންދާ ކަމަށެވެ.

މިގޮތުން، ޤާނޫނު އަސާސީގެ 157 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖުޑީޝިއަލް ސަރވިސް ކޮމިޝަނަކީ، ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މުއައްސަސާއެއްކަން ކަށަވަރު ކުރުމަށްޓަކައި ޤާނޫނު އަސާސީގެ 158 ވަނަ މާއްދާއަށް ގެންނަން ޖެހޭ އިސްލާހުތައް ހިމެނޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އޭޖީ އޮފީހުން ވަނީ ގަސްދުކޮށްފައެވެ. މި ބިލާއި ބެހޭގޮތުން ހިޔާލު ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގައި ހިމެނޭ ކޯޓުތަކާއި، ޖޭއެސްސީގެ އިތުރުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް ކުރިއަށް އޮތް ހަފްތާގައި އެ އޮފީހުންވަނީ ނިންމާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button