ޚަބަރުސިޔާސީ

5.3 މިލިއަން ޑޮލަރުގެ ބިލްތަކެއް އައިޖީއެމްއެޗްއިން ބޭރު ކުންފުނިތަކަށް ނުދައްކާ އެބަހުރި: ފިރުޒުލް

އައުޓް ސްޓޭންޑިން ބިިލްގެ ގޮތުގައި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ހާއްސަ ފަރުވާދޭ ސެންޓަރުތަކަށް، ހިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވާ ބޭރުގެ އެކިއެކި ހޮސްޕިޓަލްތަކާއި ކުންފުނިތަކަށް އައުޓް ސްޓޭންޑިން ބިލްގެ ގޮތުގައި ނުދައްކާ5.3 މިލިއަން ޑޮލަރުގެ ބިލްތަކެއް އެބަހުރި ކަމަށް އިންތިޤާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

އައުޓް ސްޓޭންޑިންގ ބިލްތަކުގެ ގޮތުގައި ހުންނެވީ ހިތުގެ ބަލީގެ ސެންޓަރާއި އަދި އެހެނިހެން ސެންޓަރުތަކަށް ފޯރުކޮށްދޭންޖެހޭ އެކި ކަހަލަ ސާމާނުތަކަށް ބެނުންވާ ބިިިިލްތައް ކަމަށް އިންތިޤާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެއްޖެއެވެ.

ހިތުގެ ފަރުވާއަށް ބޭނުންކުރެވޭ ސްޓަންޓާއި، ބެލޫންއާއި، އެންޖެއު ގްރާމް ހެދުމަށް ބޭނުންކުރާ ސާމާނުވެސް ހިމެނޭކަމަށް ފިރުޒުލް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މިފަދަ ބިލްތަކެއް މި ގޮތަށް ހުރުމުގެ ސަބަބުން މި ހިދުމަތް ހުއްޓި ދިއުމަކީ ކަންބޮޑުވާވަރުގެ ކަމެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މި އަހަރަށް ކަނޑައަޅުއްވާފައިވާ ބަޖެޓްގެ ތެރޭން މި އަހަރުގެ ބާކީ މިއޮތް ދުވަހަށް އައިޖީއެމްއެޗްއަށް ކަނޑައަޅުއްވާފައިވަނީ ހަމައެކަނި މުއްޒަފުންގެ މުސާރައަށް ބޭނުުންވާ މިންވަރަށް އެކަނި ކަމަށާއި ކަންމިހެން އޮތުމުން އައިޖީއެމްއެޗް އިމާރާތުގެ މަރާމާތާއި، މެޝިނެރީސްގެ މަރާމާތާއި ގުޅޭ ކަންކަންވެސް ބަޖެޓްގައި ފައިސާ ނެތުމުުގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

ރާއްޖޭގައި ތިބި ބޮޑެތި ހޮސްޕިޓަލްތައް ބެލެހެއްޓުން ގެންދަނީ ހެލްތު މިނިސްޓްރީގެ ދަށުން ނޫންކަމަށާއި، ބޯޑުތައް ކަނޑައެޅި ވަކި އުސޫލެއްގެ ދަށުން ކަމަށެވެ. އެހެންކަމުން އެއީ ސިއްހީ ވަސީލަތް ރަނގަޅު ކުރުމަށް އޮތް ހައްލެއް ނޫން ކަމަށާއި، އޭގެ ސަބަބުން މައްސަލަތައް އުފެދެން މެދުވެރިވާ ކަމަށެވެ.

ފިރުޒުލް ވިދާޅުވެފައިވަނީ ހެލްތު މިނިސްޓްރީގެ ދަށުން ހޮސްޕިޓަލުތައް ބެލެހެއްޓުމަށް ވަކިމިންގަޑެއް ކަނޑައެޅިފައިވަނީ މުޅި ރާއްޖޭގެ ސިއްހީ ނިޒާމްގެ ފެންވަރު އެއް މިނެއްގައި އެއްވަރެއްގައި ހިފެހެއްޓުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button