ޚަބަރު

ހުޅުމާލެއިން އެހެން ރަށްރަށުގެ މީހުނަށް ގޯތި ނުލިބޭތީ ޕެޓިޝަނެއް

ހުޅުމާލެއިން ދޫކުރާ ގޯތިތަކުން އަތޮޅުތެރޭގެ މީހުނަށް ގޯތި ލިބޭނެ ގޮތެއް ސަރުކާރުން ހަމަޖައްސައިދީފައި ނުވާތީ, އެކަމާ ކަންބޮޑުވުން ފާޅުކޮށް ”ރާއްޖެތެރެ“ ނަމުގައި ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިއަހަރުގެ ޖޫން މަހު ސަރުކާރުން ވަނީ ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށް ހުޅުވާލާފައެވެ. އެހެން ނަމަވެސް ގޯތި ދޫކުރަން ހުޅުވާލާފައިވާ އުސޫލުގައި ވާގޮތުން އެގޯއްޗަށް ކުރިމަތިލެވެނީ ދުވަހަކުވެސް އެހެން ތަނެއްގައި ރަޖިސްޓްރީ ވެފައިނުވާ މާލޭގެ ރައްޔިތުންނަށެވެ.

މިކަމާ ގުޅިގެން އެތައް ބަޔަކު ނުރުހުން ފާޅުކުރަމުން އަންނަ އިރު, ޕެޓިޝަނުގައި ބުނެފައިވަނީ އަތޮޅުތެރޭ މީހުން މާލޭގައި އުޅޭތާ އެތައް އަހަރެއް ވެފައިވާއިރު މިގޮތަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގައި ގޯއްޗަށް އެދުމުގެ ފުރުސަތު ނެތުމަކީ ސަރުކާރުން ”ރާއްޖެތެރޭ“ މީހުންނާއި ދޭތެރޭ ގެންގުޅޭ ތަފާތުކުރުމެއް ކަމަށެވެ. އަދި މިއީ ގާނޫނު އަސާސީއާއި ހިލާފު، ބޭއިންސާފު ނިންމުމެއް ކަމަށްވެސް އެ ޕެޓިޝަނުގައި ވަނީ ބުނެފައެވެ.

މާލޭ ރައްޔިތުންނަށް ހުޅުމާލެއިން 1000 ގޯތި ދިނުމަށް ރައީސް ސޯލިޙް ވައުދުވެވަޑައިގެންނެވުމާއި ގުޅިގެން, އެކަމާއިމެދު އަންނަނީ ބޮޑެތި ބަހުސްތަކެއް ކުރެވެމުންނެވެ. ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި ހުުޅުމާލެ އަކީ ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ބިމެކެވެ. ވީމާ ހުޅުމާލެއިން ދޫކުރާ ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ރާއްޖޭޣެ އެންމެހާ ރައްޔިތުންނަށް ލިބެންވާނެއެވެ.

އެހެން ނަމަވެސް މާލޭގެ ރައްޔިތުންނަށް މާލެއިން ގޯތި ދޫކުރެވޭނެ ބިން މާލޭގައި ނެތް ތާނގައި, އަތޮޅުތެރޭގައި ދޫކުރާ ފަދައިން މާލެއިން ގެވަޅު ދޫކުރެވޭނެ އުސޫލެއް އަދި މަގެއްވެސް ނެތެވެ. އަދި ހުުމާޅެއިން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަކީ ގިނަ އަހަރުތަކެއް ވަންދެއް މާލޭގެ ރައްޔިތުން އެދެމުންދާ ކަމެކެވެ.

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ ޒަމާންވީ މައްސަލައެކެވެ. އަދި މި މައްސަލައަކީ މާލޭގެ ރައްޔިތުންގެ އިތުރުން މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުންވެސް ތަހައްމަލްކުރާ މައްސަލައެކެވެ. މާލޭގެ އަބާދީ ގާތްގަނަޑަކަށް 2.5 ލައްކަ މީހުނާ ގާތްކުރާނެކަމަށް ލަފާކުރެވޭއިރު, މާލޭގެ ރައްވެހިންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް މިހާތަނަށް ކުރެވިފައިވާ އެންމެ ބޮޑު މަސައްކަތަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ބިނާކޮށްދެއްވި ހިޔާ ފްލެޓްތަކުގެ މަޝްރޫއެވެ.

25 ބުރީގެ މި 16 ޓަވަރުގައި 75,000 ރައްޔިތުންނަށް ދިރިއުޅެވޭނެ ޖާގައާއި ވަސީލަތްތައް ގާއިމްކޮށްފައިވީ ނަމަވެސް, މި ސަރުކާރުން ވަނީ މި ފްލެޓުތައް އޭގެ ހައްގުވެރިންނަށް ދޫކުރުމުގައި ފެއިލްވެފައެވެ. 2018 ވަނަ އަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސާލިޙް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދޭނެކަމަށް ވިދާޅުވީނަމަވެސް, ދައުރު ނިމެން އަހަރަކަށް ވެފައިވާއިރު, އަދި މިހާތަނަށް ބޯހިޔާވަހިކަމުގެ މަދު މަޝްރޫއެއް މެނުވީ ނިންމާލެވިފައެއް ނުވެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button