ޚަބަރު

އޭސީސީގެ ކުއިކް ރެސްޕޮންސް ޓީމު ހައުސިން މިނިސްޓްރީއަށް

ސަރުކާރުން ހިންގާ ’ގެދޮރުވެރިޔާ‘ ސްކީމުގެ ފުރަތަމަ ބުރުގައި ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމު ކުރުމާއެކު ގިނަ އަދަދެއްގެ ރައްޔިތުން ހިތްހަމަނުޖެހި، ނުރުހުން ފާޅުކޮށް ހައުސިން މިނިސްޓްރީ ދޮށަށް ވަނީ އެއްވެފައެވެ.

ފުލެޓުތަކުގެ މައްސަލަ ހޫނުވެފައިވާއިރު، ’ގެދޮރުވެރިޔާ‘ ސްކީމުގެ 4،000 ފްލެޓު ދޭނޭ ފަރާތްތައް ކަނޑައަޅާފައިވާ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޓީމެއް މައުލޫމާތު ހޯދުމަށް މިއަދު ވަނީ ހައުސިން މިނިސްޓްރީއަށް ގޮސްފައެވެ.

އޭސީސީއިން ބުނި ގޮތުގައި ފްލެޓް ލިސްޓުގެ މައްސަލަ ތަހުގީގު ކުރުމަށް އޭސީސީގެ ކުއިކް ރެސްޕޮންސް ޓީމުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އޭސީސީގެ ޓީމުން ބޭނުންވާ މައުލޫމާތު މިހާރު ފޯރުކޮށްދެމުންް ދާކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button