ޚަބަރު

އޭސީސީ އިދާރާ ހިންގުން އެހެން އިމާރާތަކަށް ބަދަލުކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެހިންގުންއެހެންއިދާރާއަކަށްބަދަލުކޮށްފިއެވެ. އޭސީސީ އިން ހާމަކުރި ގޮތުގައި ހޯމަ ދުވަހުން ފެށިގެން އެއިދާރާގެ މަސައްކަތް ހިނގަމުންދާނީ މ. ފިނިފަރުގައެވެ.
އޭސީސީ އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ 2023 މޭ 07 އިން ފެށިގެން އެކޮމިޝަނުގެ އިދާރާ ހިންގަމުން ގެންދާނީ މ. ފިނިފަރުގައި ކަމަށާއި، ކޮމިޝަނުގެ ރިސެޕްޝަނުގެ ޚިދުމަތް ލިބިލައްވާނީ މ. ފިނިފަރުގެ 07 ވަނަ ފަންގިފިލާއިން ކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަކީ ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ބެލުމަށް އެކުލަވާލެވިފައިވާ ކޮމިޝަނަކަށްވާއިރު ކޮމިޝަންގެ މަސައްކަތްތައް އެކަށީގެންވާ ހަލުވި މިނެއްގައި ކުރިއަށްނުދާ ކަމުގެ ފާޑުކިޔުން އެ ކޮމިޝަނަށް ވަނީ އަމާޒުވެފައެވެ.
އޭސީސީއަށް ހުށަހެޅިފައިވާ ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކުގެ ތެރެއިން ތަހުގީގުކޮށް ފާއިތުވި 2022 ވަނަ އަހަރުގައި ނިންމުނީ 33 މައްސަލައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button