ޚަބަރުސިޔާސީ

ވެންޓިލޭޓަރުގެ ވައްކަމާ ގުޅޭ ދައުވާ ނުކޮށް އޮތީ ޓެކްނިކަލް މައްސަލަ ހުރެގެން: ޝަމީމް

ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލުކޮށްގެން ކޮވިޑް-19ގެ ފަރުވާއަށް 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހެލްތު މިނިސްޓްރީއިން ހިންގި 34 މިލިއަން ރުފިޔާގެ މުއާމަލާތުގައި ހިމެނޭ ކޮރަޕްޝަން މައްސަލައިގައި ފާހަގަވެފައި ހުރި ޓެކްނިކަލް ކަންތައްތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ރަނގަޅު ކުރުމުން، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ދައުވާ ކުރައްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމު މިހެން ވިދާޅުވީ، ޖިނާއީ މައްސަލަތަކާ ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސްއޫލިއްޔަތު އަދާކުރަމުންދާގޮތާއި، އެ އޮފީހަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއިން ޕްރޮސެކިއުޓާ ޖެނެރަލާ އެކު އިއްޔެ ބޭއްވި ބައްދަލުވުގައި އެ ކޮމިޓީގެ މެމްބަރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ހަސަން ލަތީފުގެ ސުވާލަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމު ވިދާޅުވީ، އޭސީސީން އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވި އިރު ބައެއްކަހަލަ ކުދިކުދި ޓެކްނިކަލް މައްސަލަތައް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެކަންތައްތަކަކީ ޕީޖީއަށް މައްސަލަ ގެއްލުމުގެ ފުރުސަތު ބޮޑު ކަންކަން ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

”ކޮންމެހެން އިސްލާހު ކޮށްލަންޖެހޭ ބައެއް ކަހަަލަ ކުދި ކުދި ޓެކްނިކަލް ކަންކަން އެބަހުރި، އެކަންކަން އިސްލާހު ނުކޮށް ގޮއްސިއްޔާ މައްސަލަ ގެއްލުމުގެ ފުރުސަތު އޮންނާނެ.“ ޝަމީމް ވިދާޅުވިއެވެ.

އެކަންކަން އިސްލާހުވުމުން މިހާރު ލިބިފައި ހުރި މައުލޫމާތުތަކުން އެކަމުގައި ބައިވެރިވި ބައެއްގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށްވެސް ޕީޖީ ޝަމީމު ވިދާޅުވިއެވެ.

One Comment

  1. Kieevegentho ginafirehenun
    Magumathikuraniee
    Nafusaanieekuraniee
    AnbimieeharulhiAasgrnkotagusvarivanifahunharadhuhodhansitieelsniee
    Kotunhukunkurumafahuvariham
    6
    Lakaothasfirehehmiehaavahmiehakaa
    Indheveyniee
    Aekoaefaysaadhekidhuvahakun
    Firhenmiehamayusvimagumathivi
    Nafusaanievikieevegenthohukumaa
    Aegothahfaysaadhakaanama
    Aehenmihakaaniendhevee
    Kobaathoaefirhenaagehagu
    Migaanonahboduislaahugenajehene
    Firehenmieehamagumathikogennuvaa
    Nemauskogenuvaanenafusaanieekoge
    Nuvaanekofinama
    LolahfenNanhutasAeieedhirihuri
    Mieehekamkanubeleveyne
    MieebadhalugenNanjiheygaanonehkan
    VagieeSmiemumikanavaskury

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button