ހިއްކަން އުޅޭ ސަރަޙައްދަކީ އާބަންކޯއަށް ރެޖިސްޓްރީކޮށްފައިވާ ސަރަޙައްދެއް ނޫން: މޭޔަރ މުޢިއްޒު

ހުޅުމާލޭގެ މާސްޓަ ޕްލޭނަށް ބޮޑު ބަދަލެއް ގެނެސް، ހިއްކަން މަޝްވަރާ ކުރަމުން އަންނަ ފަޅުގެ ސަރަޙައްދުގެ އިޙްތިޞާސް އޮތީ މާލެ ސިޓީ ކައުންސިލަށް ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅު ވެއްޖެއެވެ.
މޭޔަރ މިފަދައިން ވިދާޅުވީ ބޯހިޔާވަހިކަމަށް ގޯތި ދިނުމުގެ ނަމުގައި މި ސަރުކާރުން ހުޅުމާލޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ހިއްކުމަށް ނިންމާފައިވާ ކަމުގެ މަޢުލޫމާތު މީޑިއާތަކުގައި ދައުރުވަމުންދާތީ އެކަމާގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
މޭޔަރ ވިދާޅުވީ ހިއްކަން އުޅޭ ސަރަޙައްދަކީ އާބަންކޯއަށް ރެޖިސްޓްރީކޮށްފައިވާ ސަރަޙައްދެއް ނޫން ކަމަށާއި ހިއްކަން އުޅޭކަމަށް ބުނާ ސަރަޙައްދަކީ މާލެ ސިޓީ ކައުންސިލްގެ އިޙްތިޞާސް ގެ ތެރޭގައި ހިމެނޭ ސަރަޙައްދެއްކަމަށެވެ.
”ހިއްކަން އުޅޭކަމަށް ބުނާ ސަރަޙައްދަކީ މާލެ ސިޓީ ކައުންސިލްގެ އިޙްތިޞާސް ގެ ތެރޭގައި ހިމެނޭ ސަރަޙައްދެއް“ މޭޔަރ ވިދާޅުވިއެވެ.
މޭޔަރގެ ޓްވީޓުގައި މާލސިޓީ ގެ ބިމަށް ބިން އިތުރުކުރުމަކީ އެ ބިމުން ރައްޔިތުންގެ ގެދޮރުވެރިކަންފަދަ އެންމެ އަސާސީ ކަންކަމަށް ފައިދާ ކުރާނަމަ، ރަނގަޅުކަމެއް ނަމަވެސް، އެކަން ކުރަންވާނީ އެހެން ކޮންމެ ކަމެކޭވެސް އެއްފަދައިން، ހަމަތަކާއި ޢުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި މަޝްރޫޢަކީ، ހުޅުމާލެ މާސްޓަރޕްލޭނާއި ޚިލާފަށް ޕްލޭން ކުރުމެއްނެތި ކުރާ ކަމެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ.

މޭޔަރ ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް މާސްޓާޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ޖެހޭނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި ރާއްޖޭގައި އަމަލު ކުރަމުންދާ ޤާނޫނުތަކާ ޢުސޫލުތަކާ އެއްގޮތަށް ނަމަވެސް މިކަން ކުރަން މަސައްކަތް ކުރަނީ ލާމަރުކަޒީ ޤާނޫނާ ޚިލާފަށް މާލެ ސިޓީ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.
”ޑިމޮކްރަސީއެއްގައި ޤާނޫނުގެ ވެރިކަން ނަގަހައްޓާ ދެމެހެއްޓުމަކީ ރައްޔިތުންނާއި ދަޢުލަތުގެ އެންމެހާ ޙައްޤުތައް ރައްކާތެރިކުރުމަށް ޓަކައި އަބަދުމެ ކަށަވަރުކޮށްދެވެންވާނޭ އަސާސީ ސިފައެއް“
މޭޔަރ ވިދާޅުވިއެވެ.
މޭޔަރ ވަނީ މިކަން އިސްލާހުކޮށް، މަޝްވަރާގެ މަތީން ޤާނޫނާ ޤަވާއިދުގެ ތެރެއިން އަމަލު ކުރުމަށް އާބަންކޯއަށް އިލްތިމާސް ކުރައްވާފައެވެ.
ހުޅުމާލެ ފަޅުތެރެ ހިއްކަން އުޅޭ ޚަބަރަކީ ތެދު ޚަބަރެއްނަމަ، ފާހަގަކޮށްލަންޖެހޭ ބައެއް ކަންކަން:
1. މާލެ ސިޓީ ގެ ބިމަށް ބިން އިތުރުކުރުމަކީ އެ ބިމުން ރައްޔިތުންގެ ގެދޮރުވެރިކަންފަދަ އެންމެ އަސާސީ ކަންކަމަށް ފައިދާ ކުރާނަމަ، ރަނގަޅުކަމެއް. ނަމަވެސް، އެކަން ކުރަންވާނީ އެހެން… pic.twitter.com/cBm7xgO2df
— Dr Mohamed Muizzu (@MMuizzu) May 11, 2023
މޭޔަރ އިތުރަށް ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރުވެރިކަމާއި އެހެނިހެން ނަފާތައް ލިއްބައިދިނުމަށް ކުރެވޭ ކޮންމެ ކަމަކަށް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބޯހިޔާވަހިކަމަށް ގޯތި ދިނުމަށް މި ސަރުކާރުން ހިއްކަން އުޅެނީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގެ ބޭރުން އޮތް ފަޅާއެކު، 75 ހެކްޓަރުގެ ބިމެކެވެ. އެ ސަރަޙައްދަކީ ކުރީ ސަރުކާރުން އެކުލަވާލި ހުޅުމާލޭގެ މާސްޓާ ޕްލޭންގައި ކުރިން ދުނިޔޭގެ ފެންވަރުގެ ކްރޫޒް ޓާމިނަލަކާއި ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށް ޚާއްސަކޮށްފައިވާ ފަޅެކެވެ.
ތިޔައީ ކައުންސިލް ތަނެއްނަމަ މިހާރު ހުންނާނީ ވިއްކާ ނިންމާ، ފައިސާކޮޅު ޖީބަށް ޖަހާލާފައެވެ. އަހަރުންނަށް މުއިއްޒު ބަރާބަރަށް އެގެއެވެ.