ޚަބަރުސިޔާސީ

އެމްޑީޕީ މައި ހަރުގެ ހުސްކުރަން އިމާރާތުގެ ވެރިފަރާތުން އަންގައިފި

އާޓިފިޝަލް ބީޗު ކުރިމަތީ ހުންނަ އެމްޑީޕީގެ މައި ހަރުގެ ހުސްކުރަން އިމާރާތުގެ ވެރިފަރާތުން އެމްޑީޕީއަށް އަންގައިފިއެވެ.

މިކަމާއި ގުޅޭގޮތުން ގޭގެ ވެރިފަރާތުން ”ބޮންތި“ ނޫހަށް ބުނީ އެމްޑީޕީގެ މައި ހަރުގެ ހުސްކުރަން އަންގާފައިވަނީ އަމިއްލަ ކަމެއްގައި ކަމަށާއި، މީގެ ކުރިންވެސް އެއީ ވިޔަފާރި އުސޫލުން ކުއްޔަށްދީފައިވާ ތަނެއް ކަމަށެވެ. އަދި މިކަމާއި ގުޅިގެން އެއްވެސް ކޮމެންޓެއް ކުރައްވަން ބޭނުންފުޅު ނުވާކަމަށާއި، ކޮމެންޓް ހޯދަން ނޫސްވެރިން ގުޅަން ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން އެމްޑީޕީއިން ބުނީ އެމްޑީޕީގެ މައި ހަރުގެ ބަދަލުކުރާނެ ބިމެއް މިހާތަނަށް ލިބިފައެއް ނުވާކަމަށާއި އެހެންކަމުން އާ ބިމެއް ލިބެންދެން މިހާރު ހުރި ބިމުގައި ހަރުގެ ހިންގޭނެ ގޮތެއް ހޯދަން ގޭގެ ވެރިފަރާތާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ރައީސް ނަޝީދަށް އެއްޗެހި ކިޔަން އެމްޑީޕީގެ މައި ހަރުގެ ނުހުޅުވޭނެ ކަމަށް ގޭގެ ވެރިފަރާތުން އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒަށްވެސް މީގެކުރިން އެންގިކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެމްޑީޕީ މަޖިލިސް މެމްބަރަކު ވިދާޅުވީ ރީކޯ މޫސަގެ މޭސްތެރިކަމުގެ ދަށުން ހަރުގެ ޖަލްސާތައް ބޭއްވުމަށް ހަރުގެ ސާފް ކުރުމަށް މަސައްކަތް ކުރުމުން އެކަން ވެސް ގޭގެ ވެރިފަރާތުން މީގެކުރިން ހުއްޓުވާފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީގެ މައި ހަރުގެ ހިންގާ އިމާރާތުގެ ވެރިފަރާތް ޝަފީއާއަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެކެވެ. އޭނާއަކީ އެމްޑީޕީ އުފެދުނީއްސުރެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ، ރައީސް ނަޝީދުގެ ސިޔާސަތުތައް ޕްރޮމޯޓް ކޮށް ދެއްވުމުގައި އުޅުއްވާ ފަރާތެކެވެ. ޝަފީއާ ދަނީ ރައީސް ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ޕްރޮމޯޓް ކުރެއްވުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވަމުންނެވެ. އަދި އޭނާދަނީ ރައީސް އިބްރާހިމްގެ ސަރުކާރަށް ފާޑުވިދާޅުވެ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button