ޚަބަރުސިޔާސީ

ޤައުމަށްޓަކާ ޤުރުބާންވާން ހުވާކޮށް ސިފައިން ތިބީ އުރަތްޕެއްނެތް ސިޔާސީވެރިއެއްގެ ދިފާއުގަ: ތޯރިޤް

ޤައުމުގެ ސިޔާދަތު ހިފަހައްޓަން އަމިއްލަ ފުރާނައިން ޤުރުބާންވާނެ ކަމަށް ހުވާކޮށްގެން ތިބެ ދިވެހި އަސްކަރިއްޔާއިން ތިބީ އުރަތްޕެއްނެތް ސިޔާސީ ވެރިއެއްގެ ދިފާއުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.
https://twitter.com/AhmedThaariq/status/1652391327559200769?s=20
ދިވެހިރާއްޖޭގެ ކަނޑުގެ އިޤުތިޞާދީ ޚާއްޞަ ސަރަޙައްދުން ބައެއް ގެއްލުމުގެ ސަބަބުން ސަރުކާރަށާއި ދިވެހި އަސްކަރިއްޔާއަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ކުރެއްވި ޓްވީޓެއްގައި ތޯރިޤް ވިދާޅުވީ ޤައުމުގެ ސިޔާދަތު ހިފަހައްޓަން އަމިއްލަ ފުރާނައިން ޤުރުބާންވާނެ ކަމަށް ހުވާކޮށްގެން ތިބެ ދިވެހި ސިފައިން ތިބީ އުރަތްޕެއްނެތް ސިޔާސީވެރިއެއްގެ ދިފާއުގައިކަމަށާ، ވެރިމީހާ ދިފާއުކުރަން ޖެހޭނީ ޤާނޫނު އަސާސީއާއި ޤާނޫނާއި އެއްގޮތަށް ކުރާކަންކަމުގައި ކަމަށެވެ. އެހެންނޫންނަމަ ސިފައިން ދިފާއުކުރަން ޖެހޭނީ ދިވެހި ޤައުމު ކަމަށްވެސް ތޯރިޤް ވިދާޅުވިއެވެ.
”ޤައުމުގެ ސިޔާދަތު ހިފަހައްޓަން އަމިއްލަ ފުރާނައިން ޤުރުބާންވާނެ ކަމަށް ހުވާކޮށްގެން ތިބެ، އުރަތްޕެއްނެތް ސިޔާސީވެރިއެއް ދިފާއު ތިކުރަނީ. ވެރިމީހާ ދިފާއުކުރަން ޖެހެނީ ޤާނޫނޫއަސާސީއާއި ޤާނޫނާއި އެއްގޮތަށް ކުރާކަންކަމުގައި. އެހެންނޫނީ ޖެހެނީ ޤައުމު ދިފާއުކުރަން“
ޗާގޯސް މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން ތަނާޒުލުވެގެން ކަމަށް ސުވާލު އުފެދޭތީ، އެމަނިކުފާނުގެ ފަރާތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފްދަ ސީ (އިޓްލޮސް) އަށްދޭ ބަޔާންތައް ސައްހަ ނުވާނެ ކަމަށްވެސް ތޯރިޤް ވަނީ ވިދާޅުވެފައެވެ. އަދި ޤާނޫނުއަސާސީގެ ތިންވަނަ މާއްދާގައި ކަނޑައަޅާފައި އޮތް ރާއްޖޭގެ ސަރަޙައްދަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްކުރާ ޤާނޫނަކުން ކަން ތޯރިޤް ފާހަގަކުރެއްވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button