ޚަބަރު
ނޫސްވެރިއެއްގެ އުރަމަތީގައި ފުލުހަކު ހިފިކަމުގެ ތުހުމަތު

ހުވަދޫ ނޫސްވެރިއެއްކަމަށްވާ، ފާތިމަތު ތައުފީގަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ނާސިފް ނަމަކަށް ކިޔާ ފުލުހެއްގެ މައްޗަށް ކޮށްފިއެވެ.
ފާތިމަތު ތައުފީގު މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރޭގެ މުޒާހަރާ ކަވަރު ކުރަމުން ދަނިކޮށް ފުލުހުންގެ އޮފިސަރެއްކަމަށްވާ ނާސިފް ވަނީ އޭނާގެ އުރަމަތީގައި އަތްލާފައިކަމަށެވެ. އަދި އެގޮތަށް ކަންތައްކުރީ އެއްފަހަރު ނޫންކަމަށާއި ދެފަހަރަކު އަތްލިކަމަށް އޭނާ ތުހުމަތުކުރެއެވެ. އަދި މި އަމަލު ކުށްވެރިކޮށް އޭނާވަނީ އެކަމުގެ ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން، ދިވެހި ފުލުހުންގެ ހިދުމަތް، އަދި އެޗްއާރުސީއެމަށް ގޮވާލާފައެވެ.