ޚަބަރުސިޔާސީ

ޖުމްހޫރީ ޕާޓީގެ ގުރޫޕުތަކުން ޓޫރިޒަމް މިނިސްޓަރު މައުސޫމް ނުކުމެވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ ގުރޫޕުތަކުން ޓޫރިޒަމް މިނިސްޓަރު މައުސޫމް ނުކުމެވަޑައިގެންފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޑރ މައުސޫމް އެ ޕާޓީގެ ގުރޫޕުތަކުން ނުކުމެވަޑައިގެންނެވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި އެ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ކުރިމަތިލައްވަން ފޯމް ހުށަހެޅުއްވި ފަހުންނެވެ.

ޑރ މައުސޫމަކީ ޓޫރިޒަމް ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވައި އެ ދާއިރާގައި ރާއްޖޭގެ އެންމެ ތަޖުރިބާ ހުރި އެއް ބޭފުޅާއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރަކަށް ވެސް ކުރިން ހުންނެވި ޑރ މައުސޫމަކީ ކުރިން ސިންގަޕޫރުގެ ސަފީރެއްގެ މަގާމު އަދާކުރެއްވުމުގެ އިތުރުން، ގާސިމް އިބްރާހިމްގެ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ސަން އައިލަންޑު ރިސޯޓުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ޑރ މައުސޫމް ޖޭޕީގެ ގުރޫޕުތަކުން ނުކުމެވަޑައިގެންނެވި ނަމަވެސް، އެ ޕާޓީން އިސްތިއުފާ ދެއްވާފައެއް ނުވެއެވެ. މައުސޫމަކީ ގާސިމަށް ތާއީދު ކުރެއްވުމުގައި އެންމެ އިސް ސަފުގައި އުޅުއްވާ ބޭފުޅަކަށްވި ނަމަވެސް، މިފަހަކަށް އައިސް އެ  ޕާޓީން ހިންގާ ހަރަކާތްތަކުގައި މައުސޫމް ބައިވެރިވެވަޑައި ނުގަންނަވައެވެ. އަދި އެޕާޓީން ބޭއްވި ބައްދަލުވުންތަކުގައި ވެސް މައުސޫމް ފެނިވަޑައިނުގަންނަވައެވެ.

One Comment

  1. އަލަށް މިއައި އިލްހާމާއި ރިޔާޒު ރަޝީދުމެންނަކީ ގާސިމްގެ މުއްސަދިކަމުގެ ފައިދާނަގަން އުޅޭ ބަޔެކެވެ. މިމީހުން އެގެންދާ މަގުން ގާސިމަށް ފިސާރި ރީތި ލަޑެއް ލިބޭނެއެވެ. އެހެނީ ގާސިމް އަތުގައި ފައިސާ ހުއްޓަސް އާންމު ދިވެހި ރައްޔިތުންނެއް ގާސިމަކަށް ވެރިކަމެއް ނުދޭނެއެވެ. ޢޭރުން ގައުމުގެ ހުރިހާ ވިޔަފާރިއެއް ވަދެގެންދާނީ ”ވިލާ“ ކުންފުނީގެ ދަށަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button