ޚަބަރު
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް “ވިސްނާލަމާ“ ޕްރޮގްރާމް ފަށައިފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކޮށް މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމުގެ މަޤްޞަދުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ”ވިސްނާލަމާ“ ޕްރޮގްރާމް ފަށައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ޕްރޮގްރާމަކީ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހިންގާ ޕްރޮގްރާމެކެވެ. އެގޮތުން މި ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެސް.ޓީ.އޯ ގައި މަސައްކަތްކުރާ ޑްރައިވަރުންނަށް އަމާޒުކޮށެވެ.

މި މަހު 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެސް.ޓީ.އޯ ގެ 47 ޑްރައިވަރުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކުގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ތަފާތު މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.