ޚަބަރު

ދިވެހި އަންހެނަކަށް ޖިންސީ ގޯނާކުރި އިންޑިޔާ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

ދިވެހި އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވޭ އިންޑިޔާ މީހެއްގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

އިންޑިޔާ ރައްޔިތެއް ކަމުގައިވާ، އުމުރުން 22 އަހަރުގެ މުހުތާރު އަންސަރީއަށް ތުހުމަތު ކޮށްފައި ވަނީ ނުރުހުމުގައި މީހެއްގެ ގަޔަށް އަތްލުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލައެވެ. އޭނާ ކޯޓަށް ހާޒިރުކުރުމުން، ބަންދަށް ވަނީ 10 ދުވަސް ޖަހާފައެވެ.

އޭނާއަށް ފޮނުވި ކޯޓު އަމުރުގައި ވަނީ، އޭނާ ހައްޔަރު ކުރީ ޤާނޫނީ އިޖުރާޢަތާ އެއްގޮތަށް ކަމަށާއި އޭނާއާ ދެކޮޅަށް ފުލުހުން ހެކި ހުށަހަޅާފައި ވާކަމަށެވެ.

މިފަހަކަށް އައިސް ދިވެހި ރާއްޖޭގައި އުޅޭ އިންޑިއާ މީހުންގެ ފަރާތުން ދިވެހި އަންހެނުންނާއި ދެ ޖިންސުގެ ކުޑަކުދިންނަށް ވެސް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. އެހެން ނަމަވެސް މިފަދަ މައްސަލަތަކުގައި ރައީސް އިބްރާހިމްގެ ސަރުކާރުން ގެންގުޅުއްވާ އިންޑިއާ އޮންލީ ޕޮލިސީގެ ދަށުން ދިވެހިންނަށް ޖިންސީ ގޯނާ ކުރާ އިންޑިޔާ މީހުން ހައްޔަރު ކުރުމުގެ ބަދަލުގައި ޤައުމަށް ފޮނުވާލަނީއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button