ޚަބަރު

ދޮގު ހަބަރު ފަތުރާ ފަރާތްތަކާ މެދު ސަމާލުވުމަށް ސަލަފުން އިލްތިމާސް ކޮށްފި

ޖުމްހޫރީ ޕާޓީއާއެކު މި މަހު 20ވަނަ ދުވަހު ޖަމިއްޔަތުއްސަލަފުން ބައްދަލުކުރިކުރުމާ ގުޅިގެން މީޑިއާގައި ފަތުރަމުންދާ ހަބަރުތަކަކީ އެއްވެސް ޒިންމާދާރުކަމެއްނެތި، ފަތުރަމުންދާ ހަގީގަތެއް ނެތް ދޮގު ހަބަރުތަކެއް ކަމަށް ބުނެ، ޖަމިއްޔަތުއްސަލަފުން ކަންބޮޑުވުން ފައުޅުކޮށްފިއެވެ.

އެ ޖަމިއްޔާއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 20 މާރިޗުގައި ޖުމްހޫރީ ޕާޓީއާއެކު ބޭއްވުނު ބައްދަލުވުމަކީ އެ ޕާޓީގެ އެދިލެއްވުމުގެ މަތިން ހަމަޖެހިގެން ދިޔަ ބައްދަލުވުމެއްކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއާއެކު އެ ބައްދަލުވުން ފިޔަވައި އިތުރު އެހެން އެއްވެސް ބައްދަލުވުމެއް މިއަދާ ހަމައަށްވެސް ބާއްވާފައި ނުވާނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސަލަފުން ނެރުނު ނޫސް ބަޔާނުގައި، އެ ޖަމިއްޔާއާމެދު ދޮގު ހަބަރު ފަތުރަމުންދާ މީޑިއާތަކުން އެކަމަށް މައާފަށް އެދުމަށާއި، ތެދު ހަގީގަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިލްތިމާސް ކޮށްފައިވެއެވެ.

”ދޮގުތެދު ބެލުމެއްނެތި ލިބޭހައި ހަބަރެއް ނުފެތުރުމަށާއި، ޒިންމާދާރުކަމާއެކު ކަންކަމުގެ މައުލޫމާތު ފެތުރުމަށް ހާއްސަކޮށް ނުސްވެރިންނަށާއި، އާންމުކޮށް އެންމެހައި އަހުންނާއި އުހުތުންނަށް ޖަމްއިއްޔަތުއްސަލަފުން ނަސޭހަތްތެރިވަމެވެ“ އެ ބަޔާނުގައި ބުނެފައިވެއެވެ.

One Comment

  1. ބާއްވާނެ! ތިޔައީ ދީނޭ ކިޔައިގެން އުޅުނަސް ފައިސާއަށް ވިކޭ ބަޔެކެވެ. އެހެން ނޫންނަމަ، އެންމެ ގިނައިން ރާއްޖޭގައި ބަނގުރާ ވިއްކާ ބަޔަކާއެކީ އެންމެ ބައްދަލުވުމެއްވެސް ނުބާއްވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button