ޚަބަރުސިޔާސީ

އިންތިހާބުގެ ނަތީޖާއިން ސަރުކާރު ލަދު ގަންނަންޖެހޭ: މުއިއްޒު

މިއަދު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީއަށް ލިބުނު ނަތީޖާއިން ސަރުކާރު ލަދުގަންނަން ޖެހޭ ކަމަށް ޕީޕީއެމްގެ ނާއިބުރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ މިއަދުގެ އިންތިހާބަކީ ޙަގީގަތުގައި ޕީޕީއެމް އަށް ލިބުނު ކާމިޔާބެއް ކަމަށެވެ. އޭގެ ސަބަބުތައް ގިނަކަން ފާހަގަކުރައްވައި ވިދާޅުވީ ވޭތުވެދިޔަ މަހެއްހާ ދުވަހު ފެނިގެންދިޔައީ ސަރުކާރުގެ ހުރިހާ ބާރަކާއި ނުފޫޒެއް ބޭނުންކޮށްގެން ކޮމަންޑޫ ދާއިރާގެ އިންތިހާބަށް މަސައްކަތް ކުރަމުންދިޔަ ތަން ކަމަށެވެ. އެއްވެސް ގާނޫނަކަށް ގަވާއިދަކަށް ބެލުމެއް ނެތި، ފާޅުކަން ބޮޑުގޮތެއްގައި މަސައްކަތްތަކެއް ކުރަމުންދިޔަ ކަމަށެވެ.

ވަޒީފާތައް ވެސް އުފެއްދިގެން ދިޔައީ، ގޭގެއަށް ފެނަކައިގެ ވެރިން ވަޑައިގެން މިގޭ ކޮން ކުދިންނަކަށްތޯ ވަޒީފާ ބޭނުންވަނީ އަހައި ހަމަ ވަގުތުން ވަޒީފާ ދެވިގެންދިޔައީ. އަޅުގަނޑުމެން ހިސާބު ޖަހާލާއިރު ބިލިއަނެއްހާ ރުފިޔާ ކޮމަންޑޫ ދާއިރާއަށް އިންތިޚާބާ ގުޅިގެން ވަނީ ހޭދަކުރަން ކަނޑައަޅާފައި. އެހެންވީމަ ކޮމަންޑޫ ދާއިރާގެ އާބާދީއަށް ބަލާއިރު ބޮލަކަށް ތިންލައްކަ ރުފިޔާ ހޭދަކުރަން ފަށާފައި މިވަނީ. މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ފަދައިން ސަރުކާރުން ވަނީ އެތަށް ވަޒީފާއެއް އިންތިހާބާ ދިމާކޮށް އެތަށް ބަޔަކަށް ދީފައެވެ. އަދި ބަޖެޓުން ބޭރުން އެތަށް މަޝްރޫއެއްވެސް ސަރުކާރުން ވަނީ އިންތިހާބާ ދިމާކޮށް ހިންގާފައެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އޭސީސީގައި އެއްވެސް މެންބަރަކު ނެތުމުން އިންތިހާބާ ގުޅިގެން ހުށަހެޅި އެއްވެސް މައްސަލައެއް ބެލޭނެ ގޮތެއް ވެސް ނެތް ކަމަށާއި މިއީ ސަރުކާރުން ގަސްދުގައި ކޮށްފައިވާ ކަމެއް ކަމުގައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button