ޚަބަރު
ރިޔާސީ އިންތިހާބުގައި ބޭރު ގައުމުތަކުގެ ހިއްސާ!

2023ގެ ރިޔާސީ އިންތިހާބު މޮނިޓަރ/އޮބްޒާވް ކުރުމަށް ބޭނުންވާ ފަރާތްތަކުން މާރިޗް މަހުގެ 25ގެ ކުރިން ހުށައެޅުމަށް އެދި އިލެކްޝަން ކޮމިޝަނުން އިއުލާން ކުރައްވައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ކުރެއްވި އިއުލާނުގައި މި އަހަރުގެ ރިޔާސީ އިންތިހާބު މޮނިޓަރ ނުވަތަ އޮބްޒާވް ކުރުމަށް ރާއްޖޭން ބޭރުގެ ޖަމިއްޔާތަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ޖަމިއްޔާ، އެސޯސިއޭޝަން އަދި އެކަމަށް އެދި ބޭނުންވާ އެހެން ފަރާތްތަކަށް ވެސް މި ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މިކަމަށް އެދި ހުށައަޅާ ފަރާތްތަކުގެ ހުންނަންވީ ޝަރުތުތަކާއި، އެޕްލިކޭޝަން ފޯމު، ކޯޑް އޮފް ކޮންޑަކްޓް، އިގުރާރު އަދި ފޯމު ހުށައެޅުމުގެ މަރުހަލާތައް އީސީން ނެރުއްވާފައިވާ މި އިއުލާނުގައި ހިމަނާފައިވެއެވެ.