ޖަލަށް ލާފައިވާ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލައި ޒުވާނުންތަކެއް މާލޭގައި ސައިކަލް ބުރެއް ބާއްވައިފިއެވެ.
އިދިކޮޅު ޕީޕީއެމްގެ ޒުވާނުންގެ ގޮފިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި ސައިކަލް ބުރަކީ ވަރަށް ކުއްލިގޮތަކަށް އިންތިޒާމް ކުރެވިގެންދިޔަ ހަރަކާތެކެވެ. ސަބަބެއްގެ ގޮތުގައި މި ސައިކަލު ބުރުގައި ބައިވެރިވި ޒުވާނަކު ބުނީ ފުލުހުންގެ ދުއްތުރާލާ ކުރިމަތިލާން ޖެހިދާނެތީ ރަސްމީކޮށް އިއުލާންކޮށް ދުރާލާ ނުރޭވީ ކަމުގައެވެ.
މި ސައިކަލު ބުރުގައި އިދިކޮޅުގެ ލީޑާޝިޕްގެ ބައެއް ބޭފުޅުންވެސް ބައިވެރިވެގެންނެވިއެވެ.
ތިޔައީ ފައިސާ ދިނީމާ ތާއީދުކުރާ ޒުވާނުން.