ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ކެމްޕޭން ޖަލްސާއަށް ރަށްރަށުން ގެނައި މީހުން ފުރުވާލައިފިއެވެ.
މިރޭ ޖަލްސާގަ މީހުންނަށް ވުރެން މާލެވަށާ ފަޅުތެރޭ ލޯންޗާއި ޔޮޓް ގިނަކަން ކަށަވަރު pic.twitter.com/yWyLCJbsRx
— ރުކުމާ (@RukumaA) January 20, 2023
ރައީސް އިބޫގެ ކެމްޕޭން ޖަލްސާއަށް މީހުންގެންނަން އެތައްގޮތަކުން މަސައްކަތް ކުރާކަމަށް މީސް މީޑިއާގައި އާއްމު ރައްޔިތުން ވަނީ ޝުޢޫރު ފާޅު ކޮށްފައެވެ. އަދި މީގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންއިންވެސް ވަނީ ރައީސް އިބޫ ސަރުކާރުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުވެރިކަން ދައްކަމުދާ ކަމުގެ ތުހުމަތުވެސް ކޮށްފައެވެ.
މިހާތަނަށް ރައީސް އިބޫ ކެމްޕޭނުތަކައް ވަނީ ފިނި ތަރުހީބެއް ލިބިފައެވެ. ރަށްރަށަށް އެމަނިކުފާނު ދަތަރުކުރަމުން ދިޔައިރު ވަނީ މާލޭގައި ސަރުކާރުގެ ވަޒީފާގައި އަދި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުން ޗާޓާރު ފުލައިޓްގައި ރަށަރަށް ގެންގޮސްފައެވެ. ބޭނުމަކީ މީހުން ގިނަކަމަށް ދައްކަން މަސައްކަތް ކުރުން ކަމުގައި ބައެއް އާންމުން ދެކެެއެވެ.