ޚަބަރު

”ހައު ޓު ބީ އަ ޑިކްޓޭޓަރ“ ކިޔާ ފޮތެއް ގަންނަން މަޖިލީހުން ބޮޑު ހަރަދެއް ކޮށްފި

”ހައު ޓު ބީ އަ ޑިކްޓޭޓަރ“ ކިޔާ ފޮތެއް ގަންނަން މަޖިލީހުން ބޮޑު ހަރަދެއް ކޮށްފިއެވެ.

ފާއިތުވި 2021 ވަނަ އަހަރުގެ ޖުލައި މަހު، މަޖިލީހުގެ އިދާރާއިން، ހުދުމުހުތާރު ވެރިކަމަށް ވެވޭނެ ގޮތްތައް ކިޔައިދޭ ފޮތެއް ގަނެފައިވާކަން ހާމަވެފައިވަނީ، މަޖިލީހުގެ އިދާރާއިން އެވާޑުކުރާ ޕްރޮކިއުމަންޓާއި ގުޅޭ މައުލޫމާތު ތަކަކުންނެވެ. 

މައުލޫމާތު ލިބޭ ގޮތުގައި މިފޮތް ލިޔުއްވާފައިވަނީ ނެދަރލޭންޑުގެ މަޝްހޫރު ތާރީހީ އިލްމުވެރިޔެއް ކަމަށްވާ ފްރޭންކް ޑިކޮޓަރއެވެ. މިފޮތުގައި 20 ވަނަ ގަރުނުގެ ހުދުމުހުތާރު ވެރިން ކަމުގައިވާ ހިޓްލަރ، މާއޯ، ސްޓާލިން ފަދަ ވެރިންގެ ވެރިކަން ބިނާކޮށްފައިވާގޮތް ކިޔައިދީފައިހުންނަ ކަމަށްވެއެވެ.  

އެމް7 ޕްރިންޓަރްއާ ހަވާލުކޮށްގެން މި ފޮތް ގަނެފައިވަނީ ޖުމްލަ 33،961.34 ރުފިޔާ ހަރަދުކޮށްގެންކަމަށް މައުލޫމާތު ލިބެއެވެ. ރައްޔިތުންގެ މަޖިލީހުން މިފޮތް ގަނެފައިވަނީ ކޮން ބޭނުމަކުތޯ ސާފުނުވިޔަސް، މައުލޫމާތު ލިބޭގޮތުގައި މިހާރުގެ ރައީސްގެ ވެރިކަމުގައި ހުދުމުހުތާރު ސަރުކާރަކުން ފެންނާނެ ސިފަތަކެއް، އާލާވާކަމަށްދާކަމަށް ވިދާޅުވެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ދާދި ފަހުން ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button