ޚަބަރު

ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި

މާލެ ސިޓީ ކައުންސިލްގެ 80 ރަސްމީ ޖަލްސާގައި، މާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް އެކައުންސިލްއިން ނިންމައިފިއެވެ.

މައުލޫމާތު ލިބޭގިތުގައި މާލެ ހިޔާ ސިނަމާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ގޮތަށް ނިންމާފައިވާ މި މަޝްރޫއުގެ އިދާރީ އަދި ފަންނީ މަސައްކަތްތައް ކުރިއަށްގެންދަން އެ ކައުންސިލްއިން ވަނީ ނިންމާފައެވެ. އަދި މިއީ އެ ކައުންސިލްގެ 4 ވަނަ ދައުރަށް އެކުލަވާލި އެކްޝަން ޕްލޭންގައި ހިމަނާފައިވާ 2000 ސޯޝަލް ހައުސިންގ ޔުނިޓުގެ ދަށުން ކުރިއަށް ގެންދަން ނިންމި މަޝްރޫއެކެވެ.

ބޯހިޔާޥަހިކަމުގެ މަޝްރޫއާ ގުޅިގެން މޭޔަރވަނީ، އެ ކައުންސިލުން އެ މަސައްކަތްކުރުމަށްޓަކައި ކުރެއްވި ކަންތައްތަކުގެ ތަފްސީލް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި ފާއިތުވި ދެއަހަރު ތެރޭގައި ލޭންޑް ޔޫސް ޕްލޭނެއް ހަދައި އޭގައި މާލެ ހިޔާ ސިނަމާލެ އަލުން ތަރައްގީކުރުމަށް ހިމަނާފައިވާނެއެވެ. ނަމަވެސް އަދިވެސް ޕްލޭނިންގ މިނިސްޓްރީއިން އެޕްލޭން ފާސްކޮށްދީފައިނުވާކަމަށް މޭޔަރ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާވެސް އެ ޕްލޭސް ފާސްކޮށްދެއްވުމަށް އެދި އެ މިނިސްޓްރީގައި ދަންނަވާނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ. މޭޔަރ އިތުރަށް ވިދާޅުވީ، އެ މަޝްރޫއުގެ އިދާރީ އަދި ފަންނީ މަސައްކަތްތައް ކުރިއަށް ގެންދަން ނިންމި ނަމަވެސް، އަމަލީ ގޮތުން އެކަމުގެ މަސައްކަތްތައް ކުރަން ފަސޭހަވެގެންދާނީ އެ ޕްލޭން ފާސްވެގެންނެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރ ވިދާޅުވީ ބޯހިޔާވަހިކަމުގެ މި މަޝްރޫއު ނިމޭއިރު އިތުރު 1300 ހައުސިންގ ޔުނިޓު އެޅޭނެކަމަށެވެ. އަދި އިމާރާތްކުރެވޭ ފްލެޓް ތަކުގެ ތެރެއިން 40 އިންސައްތަ އަކީ މެދުފަންތީގެ ބޯހިޔާވަހިކަމަށްވާއިރު އޭގެ ތެރެއިން 60 އިންސައްތައަކީ ސޯޝަލް ހައުސިންގ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button