ޚަބަރު

އަންނަ އަހަރުވެސް ތިލަމާލެ ބުރިޖު ނިމޭނެ ކަމުގެ އުންމީދެއް ނެތް

2023 ވަނަ އަހަރުގެ ޖުލައި މަހު ނިމޭނެކަމަށް ބްރިޖް އޮފީހުން ބުނި ”ތިލަމާލެ“ ބްރިޖް ދެން ނިމޭނީ ޑިސެންބަރު 2023 ގައި ކަމަށް، ބްރިޖްގެ މަސައްކަތް ވިލަރެސް ކުރަން ޕްލޭނިންގ މިނިސްޓްރީން އެކުލަވާލާފައިވާ ބްރިޖް އޮފީހުން ބުނެފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެހެންކަމުން މާލެއިން ވިލިމާލެއަށް ބްރިޖެއްގައި ދަތުރުކޮށްލަން ލިބޭނީ ޑިސެންބަރުގައިކަމަށް އުންމީދުކުރެވެއެވެ.

މައުލޫމާތު ލިބޭގޮތުގައި ބްރިޖް އޮފީހުން ބުނެފައިވަނީ، ތާވަލުގައިވެސް އޮންނާނީ ޑިސެންބަރުގައި ބްރިޖް ހުޅުވޭނެކަމަށެވެ. ނަމަވެސް އިންޑިއާ ސަރުކާރުގެ ހަރަދުގައި ރާއްޖޭގެ ނޫސްވެރިންތަކެއް އިންޑިއާއަށް ދިއުމުން، އެ މަސައްކަތާ ހަވާލުވެފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނެފައިވަނީ އަންނަ އަހަރު ޖުލައިގައި ތިލަމާލެ ބްރިޖު ނިމި، އަންނަ އަހަރު ޑިސެންބަރާ ހަމައަށް ވިލިމާލެއާއި ގުޅިފަޅުވެސް ގުޅުވާލެވޭނެކަމަށެވެ.

އަދި އެބޭފުޅުން ވިދާޅުވި ތާރީހުތަކަށް ނުވަތަ ޕްލޭންއާ އެއްގޮތަށް މަސައްކަތް ނިންމުމަށްޓަކައި އިތުރަށް 185 މިލިއަން ރުފިޔާވެސް ވަނީ ސަރުކާރުން ހޯދާފައެވެ. އަދި އެއްކޮށް އެ މަސައްކަތް ނިންމާލެވޭނީ 26 މިލިއަން ޑޮލަރުން ކަމަށް ބުނުމުން އޭގެ ދެބައިކުޅަ އެއްބައި، މި ނިމުނު ރޯދަމަހު އެ ކުންފުންޏަށް ހަވާލުކޮށްފައިވާކަމަށް ސަރުކާރުން ބުނެއެވެ.

ބްރިޖް އޮފީހުން ބުނެފައިވާ ޕްލޭނާ އެއްގޮތަށް އެމަސައްކަތް ކުރެވޭ ތަނެއް ނުފެންނައިރު، އެ ބްރިޖް ނިންމުމަށްޓަކައި ބޭނުންވާ ވަގުތީ ބްރިޖްވެސް އަދި ފެންނާކަށް ނެތެވެ. ނަމަވެސް އެ ވަގުތީ ބްރިޖް ފެންނާނެކަމަށް ބްރިޖް އޮފީހުން ބުނީ ޖޫންމަހުގައެވެ. ނަމަވެސް އަހަރު ނިމެން ދެ ހަފްތާއަށް ވީއިރުވެސް އެ ބްރިޖްވެސް ފެންނަން ނެތެވެ. އަދި މިފަހުން ކެރޭނެއް ބިންދައިގެން ދިޔައީ ޓެސްޓު ތަނބުތަކުގައި ބޮއި ހަރުކޮށް އެ ތަނބުތައް ޖަހަން އެޕްކޮންސްއިން މަސައްކަތްކުރަމުން ދަނިކޮށެވެ.

2021 ވަނަ އަހަރު ފެށޭއިރު ތިލަމާލެ ބްރިޖުގެ މަލަމަތި ފެންނާނެކަމަށް ރައީސް ސޯލިހްވެސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ އެކަމާ ގުޅިގެން އެކި ތާރީހްތަކެއްވެސް ދެއްވާފައެވެ. ނަމަވެސް އޭގެ ފަހުން ދެއަހަރު ފާއިތުވެ ދިޔައީއެވެ. ފެންނަން ހުރީ އެންމެ ޓެސްޓް ޕައިލެކެވެ. ދާއިމީ އެންމެ ތަނބެއްވެސް ފެންނާކަށް ނެތެވެ.

ތިލަމާލެ ބްރިޖް އެޅުމަށް ހަވާލުކޮށްފައިވާ ކުންފުނިން އިންޑިއާގައި ހިންގި ބައެއް މަޝްއޫރުތައްވަނީ، ކަނޑައެޅި ތާރީޚަށްވުރެ އެތައް އަހަރެއް ފަހުން ނިންމާފައެވެ. ނަމަވެސް އެ ކުންފުންޏަކީ މީގެ ކުރިން ބްރިޖް އެޅުންފަދަ ބާވަތެއްގެ މަސައްކަތެއްކޮށްފައިވާ ބައެއް ނޫނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button