ޚަބަރު

ވިލިމާލެ ބުރިޖު ހަދާ އިންޑިއާގެ އެފްކޮންސް ކުންފުނި 69.4 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި

ތިލަމާލެ ބްރިޖްގެ މަޝްރޫޢު ހިންގަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާ ލިބުނު ގެއްލުންތަކާ ގުޅިގެން ޖޫރިމަނާ ދައްކަން އެފްކޮންސް ކުންފުންޔަށް މަސް ދުވަހުގެ މުއްދަތެއް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ދީފިއެވެ.

އިންޑިއާގެ ކުންފުނި، ކުރި ޖޫރިމަނާއާ ގުޅޭ ގޮތުން އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެފްކޮންސް ޖޫރިމަނާކުރީ 69.4 މިލިއަން ރުފިޔާއަށެވެ. އަދި އެ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް މި މަހުގެ 13 ގައި އަންގާފައިވާ ކަމަށް ބުންޏެވެ.

ބުރިޖު ސާވޭގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމުގައި ނަގިލި ކަހާލައިގެން ވިލިމާލެ ފަރަށް އެރީ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުއެވެ. 12 ދުވަސް ވަންދެން ފަރުމަތީ އެ ޕްލެޓްފޯމް އޮތްއިރު އެފްކޯންސްއިން އޭރު ބުނީ ޕްލެޓްފޯމް ނެގުން ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

އީޕީއޭއިން ފަރަށް ލިބިފައިވާ ގެއްލުންތަކުގެ ހަތަރު ފޮޓޯއެއް މީގެކުރިން ވަނީ އާމުކޮށްފައެވެ. އެފޮޓޯ ތަކުން ފެންނަނީ ބޮޑެތި ބޮޑެތި ވަޅުގަންޑު ތަކެއް ހުރިތަނެވެ.

އޭގެން އެއް ޕޮޓޯއިން ފެންނަނީ ޑައިވަރަކު އެވަޅުގަނޑަށް އެރި ހުރިތަނެވެ. އެހެންކަމުން ބެލެވެނީ އެވަޅުގަނޑުގެ ފުންމިނުގައި 15ފޫޓް ފުޅާމިނުގައި 10ފޫޓް ހުންނާނެ ކަމުގައެވެ. އަދި ދެންހުރި ފޮޓޯ ތަކުން ވެސް ފެނާން ހުރީ ގިނަ ވަޅުގަނޑު ތަކަކާއި، ރެނދު ތަކުގެ ސަބަބުން ފަރުގެ ދިރުން ނެތި މަރުވެފައި ވާތަނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button