ޚަބަރު

ދެބުރިޖުގެ އަގު ރައީސް އަޅާކީގޮތް މިއޮތީ!

ރައީސް އޮފީހުގައި އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލަވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންމެ ތަފްސީލުކޮށް ދެއްކެވި އެއް ވާހަކަފުޅަކީ ތިލަމާލެ ބްރިޖުގެ ވާހަކަފުޅެވެ.

އެގޮތުން އެމަނިކުފާނު ވަނީ ތިލަމާލެ ބްރިޖް ކޮންމެހެންވެސް އަޅަންޖެހޭ ކަމަށަ ވިދާޅުވެ، ސިނަމާލެ ބްރިޖާއި، ތިލަމާލެ ބްރިޖް އަޅާކިޔުއްވާފައެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ސިނަމާލެ ބްރިޖަކީ 1.3 ކިލޯ މީޓަރުގެ ބްރިޖެކެވެ. އަދި ބްރިޖަށް 196 މިލިއަން ޑޮލަރު ހަރަދުކުރިއިރު، މިއީ އަކަ މީޓަރަކަށަ 6،325 ޑޮލަރު ކަމަށް ވިދާޅުވިއެވެ. އަދި މިހާރު އަޅަން މަސަތްކުރާ ސިނަމާލެ ބްރިޖަކީ ކޯޒްވޭ އާއި އެކު 7.5 ކޮލޯމީޓަރުގެ ބްރިޖެއް ކަމަށާއި، އަދި ބަރިޖަށް 500 މިލިއަން ޑޮލަރު ހަރަދުވެގެންދާއިރު މިއީ އަކަ މީޓަރަކަށް 3،800 ޑޮލަރު ކަމަށް  ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސްގެ މި އަޅާކިޔުއްވުމުގައި ސިނަމާލެ ބްރިޖުގެ އަގު އަޅާކިޔުއްވާފައިވަނީ ހަމައެކަނި ބްރިޖުގެ ދިގުމިނާ އަޅުވައެވެ. އެހެން ނަމަވެސް ތިލަމާލެ ބްރިޖުގެ އަގު އަޅާކިޔުއްވާފައިވަނީ ބްރިޖާއި އަދި ކޯޒްވޭ ވެސަ ހިމެނޭ ގޮތުންނެވެ.

ރައީސް ސާލިޙް މިފަދައިން ދެބްރިޖު އަޅާކިޔުއްވި އިރު، 2019 ވަނަ އަހަރު ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިއާގެ ޖީއެމްއާރު ކުންފުނިން 77 މިލިއަން ޑޮލަރަށް ސިނަމާލެ ބްރިޖް އަޅައިދޭން ބުނި ކަމަށް ވިދާޅުވެފައެވެ. އެއީ ކިލޯމީޓަރަކަށް 36.6 މިލިއަން ޑޮލަރެވެ. އެހެން ކަމަށް ވާނަމަ ޖީއެމްއާރަށް ދީގެން ތިލަމާލެ ބްރިޖް އަޅާނަމަ 245 މިލިއަން ޑޮލަރަށް ތިލަމާލެ ބްރިޖް އެޅޭނެއެވެ. މިއީ މިހާރު ކުރަންޖެހިފައިވާ ހަރަދުގެ ދެބައިކުޅު އެއްބަޔަށްވުރެ ބޮޑުތަނުން ކުޑަ އަދަދެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button