
ރައީސަރަހައްދީ އެއްބާރުލުމާއިއެކު ހުރިހާ ފަރާތްތަކަށް ސުލުހަ މަސަލަސް ކަމާއި ހަމަޖެހުން އޮންނާނޭ ގޮތަށް އަމަލުކުރުން މުހިއްމު ކަމުގައި ކޮންމެ އަހަރެއްގެ ޑިސެމްބަރު 8 ގައި ފާހަގަކުރާ ”ސާކް ޗާޓަރ ޑޭ“ ގެ މުނާސަބަތުގެ ތަހުނިޔާ މެސެޖުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި މެސެޖުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް، އެސަލ ރުވަން ވީރަކޫން އަދި، ސާކްގެ މުވައްޒަފުންނަށާއި މެންބަރު ގައުމުތަކުގެ ރައްޔިތުންނަށް މި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. ސަރަހައްދީ އެއްބާރުލުމާއިއެކު ހުރިހާ ފަރާތްތަކަށް ސުލުހަ މަސަލަސްކަމާއި ހަމަޖެހުން އޮންނާނޭ ގޮތަށް އަމަލުކުރުމުގެ މުހިއްމުކަން، ރާއްޖެއިން ފާހަގަކުރާ ކަމަށާއި އަދި ސާކް ޗާރޓަގެ އަސާސްތައް ރާއްޖެއިން އަބަދުވަސް ދަމަހައްޓާނޭކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.
އެމަނިކުފާނުވަނީ ސާކްގެ މެންބަރު ގައުމުތަކުގެ މެދުގައި އޮތް ޒަމާންވީ ވިޔަދާރިއާ ސަގާފީ ގުޅުންތަކާއި، ބޭނުންޖެހޭ ދަނޑިވަޅުތަކުގައި، އެހީތެރިވެދިނުމުގައި ގައުމުތަކުގެ ރައްޔިތުގެ މެދުގައި އޮތް ގުޅުމުގެ މައްޗަށްވެސް މި ތަހުނިޔާ މެސެޖުގައި އަލިއަޅުވާލާފައެވެ.