
ސިނަމާލެ ބްރިޖް އަދި ހުޅުލެ، ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑްގައި ސޯނާ ޕެނަލް ހަރުކުމުގެ މަސައްކަތް ފަށައިފިއެވެ.
މިއީ އެންވަޔަރަމެންޓް މިނިސްޓްރީ އިން ވާލްޑް ބޭންކްގެ އެހީގައި އެކްސެލެރޭޓިން ސަސްޓެއިންބަލް ޕްރައިވެޓް އިންވެޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔަ) ޕްރޮޖެކްޓްގެ ދަށުން ފަށާފައިވާ މަސައްކަތެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ތައިލޭންޑުގެ އެންސިސްކޯ ލިމިޓެޑާއިއެވެ. އަދި މި މަޝްރޫއު ފެށުމުގެ ގޮތުން އިއްޔެ ހަވީރުވަނީ އެ ސަރަހައްދުގައި ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.
އެންވަޔަރަމެންޓު މިނިސްޓަރ މަރިޔަމް ޝައުނާ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުގެ ސަބަބުން، ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ދައުލަތަށް ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭކަމަށެވެ. އަދި މީއީ މިހާ ބޮޑު ސޯލާ ޕެނަލް ސިސްޓަމެއް ރާއްޖޭގައި ހަރުކުރެވޭ ފުރުތަމަ ފަހަރު ކަމަށެވެ.
ސޯލާ ޕީވީ މޮޑިއުލްތައް ހަރުކޮށް ނިންމައި އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ކަރަންޓް އުފައްދަން ފަށޭނެ ކަމަށް އެންސިސް ކޯއިން މައުލޫމާތު ދީފައިވެއެވެ.