
ހިލޭ އަންހެނުންނާއި ފިރިހެނުން ”ސެކްސްޓިންގް“ ނުވަތަ އަމިއްލަ ބަރަހަނާ ފޮޓޯ ނުވަތަ ވީޑިއޯ އެކަކު އަނެކަކަށް ފޮނުވައި ޗެޓްކޮށް ފާހިޝް އަމަލުތައް ހިންގުމަކީ ކުށެއް ނޫންކަމަށް އެޓަރނީ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.
އެޓަރނީ ޖެނެރަލް އޮފީހުން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސެކްސްޓިންގެ ސަބަބުން މީހަކު ތިމާއަށް ޖިންސީ ފުރައްސާރަ، ޖިންސީ ގޯނާ، ނުވަތަ ބްލެކްމެއިލް ކުރާނަމަ އެއީ ތިމާގެ ކުށެއް ނޫންކަމަށެވެ. އަދި މިފަދަ ކަންކަން ފުލުހުންނަށް ހިއްސާކުރުމަށް 119 އަށް ގުޅުމަށް އިލްތިމާސްކުރައްވާފައިވެއެވެ.
މިފަދަ ކަންކަމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑުވެގެންވާ ފާފައެއް ހުއްދަ ކަމެއްގެ ގޮތުގައި ޕްރޮމޯޓު ކުރުން ކަމުގައި ގިނަ ބަޔަކު ވިދާޅުވެފައިވެއެވެ. އަދި ޕޮޓޯ ފޮނުވުމަކީ ތިމާގެ ކުށެއްކަމުގައި ގިނަ ބަޔަކު ވިދާޅުވެފައިވެއެވެ. މި ޓްވީޓްގެ ސަބަބުން ރައްޔިތުންގެ ގިނަ ފާޑުކިޔުންތަކެއް އެޓަރނީ ޖެނެރަލް ގެ އޮފީހަށް ވަނީ އަމާޒުވެފައެވެ.