
ފުލުހުންނާއި ސިފައިން ވެގެން އިއްޔެގެ ވަގުތެއްގައި މާފުށީ ޖަލަށް ޖެހި ރެއިޑެއްގައި 100 އަށް ވުރެ ގިނަ ގޮޅިތަކުގެ ފާހަނާ ނިވާކުރަން ދަމާފައިވާ ފޮތިގަނޑުތައް ހަލާކުކޮށްލައިފިއެވެ.
”ބޮންތި“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަންގާރަ ދުވަހުގެ މެންދަމު ބާރަ އިން ފެށިގެން ފުލުހުންނާއި ސިފައިންވަނީ އެލާޓަށް ނެރިފައެވެ. އަދި މާފުށީ ޖަލަށް މި ޖެހި ރެއިޑަކީ ހަރުކަށި ފިކުރާ ގުޅުވައިގެން ޖަހާފައިވާ ރެއިޑެއްކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ޖަލުގައި ތިބޭ ކުށްވެރިންނަށް އިހާނެތިކޮށް ކަންތައް ކުރުމުގެ ސަބަބުން ކުރީގައިވެސް މި ސަރުކާރަށް ރައްޔިތުންގެ ފަރާތުންވަނީ އެތަކެއް ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.