ޚަބަރު

ސަރުކާރުން ގުރައިދޫގައި ހިއްކި ބިން ގިރަން ފަށައިފި

ކ. ގުރައިދޫގައި މިސަރުކާރުން ހިއްކި ޕިކްނިކް އައިލެންޑާއި، ހިއްކި ބިން ވަރަށް ބޮޑަށް ގިރައިގެން ގޮސްފައިވާކަމަށް ގުރައިދޫ ކައުންސިލުން ބުނެފިއެވެ. މިހެން މިކަން ދިމާވެފައި މިވަނީ ކ. ގުރައިދޫގައި 2022 ވަނަ އަހަރު ހިންގުމަށް ސަރުކާރުން ބަޖެޓުކުރި ގިނަ މަޝްރޫއުތަކުގެ މަސައްކަތް ނުފެށި އޮއްވައެވެ.ގު

ރައިދޫ ތަރައްގީކުރުމަށްޓަކައި ބޭނުންވާ މަޝްރޫއުތަކަށް، 10.7 މިލިއަން ރުފިޔާގެ ބަޖެޓެއް 2022 ވަނަ އަހަރު ހަމަޖައްސާފައިވީނަމަވެސް، އޭގައި ހިމެނޭ ގިނަ މަޝްރޫއުތައް މިއަދާ ހަމައަށް އައިއިރުވެސް ފެށިފައިނުވާކަމަށް ކ. ގުރައިދޫ ކައުންސިލުން ބުނެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި މަޝްރޫއުތަކުގެ ތެރޭގައި އެ ރަށުގެ ސިއްހީ މަރުކަޒުގެ އައު އިމާރާތެއް އެޅުމަށްޓަކައި 3 މިލިއަން ރުފިޔާ ހިމަނާފައިވާއިރު 8 ކްލާސް ރޫމް އެޅުމަށްޓަކައި 2 ލައްކަ ރުފިޔާގެ ބަޖެޓެއްވެސް ހިމަނާފައިވެއެވެ. ނަމަވެސް ސިއްހީ މަރުކަޒުގެ އައު އިމާރާތް އެޅުމަށާއި 8 ކްލާސް ރޫމް ބިނާކުރުމަށް ބޭނުންވާ ބިން ހަމަޖެހިފައިނުވާތީ ކަމަށް ބުނެ، އެ މަޝްރޫއުތައްވެސް ފެށިފައިނުވާކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ސަރުކާރުން މިހެން ބުނެފައިވީނަމަވެސް، ގުރައިދޫގެ ލޭންޑް ޔޫސް ޕްލޭންއިން ސިއްހީ މަރުކަޒުގެ އައު އިމާރާތަށް ބޭނުންވާ ބިމާއި 8 ކްލާސް ރޫމް ބިނާކުރުމަށް ބޭނުންވާ ބިން ހަމަޖައްސާފައިވާކަމަށް އެރަށު ކައުންސިލުން ބުނެފައިވެއެވެ. އަދި 2022 ވަނަ އަހަރު ނިމެން އެންމެ މަހަކަށް ވެފައިވާއިރު، ގުރައިދޫގެ ކުނިކޮށީގެ މަސައްކަތްވެސް ސަރުކާރުން ފަށާފައިނުވާއިރު، އެރަށުގެ ނަރުދަމާ އަދާހަމަކުރުމުގެ މަޝްރޫއުގެ މަސައްކަތްތައްވެސް ފަށާފައިނުވާކަމަށް މައުލޫމާތު ލިބެއެވެ. ގުރައިދޫގެ ނަރުދަމާ އަދާހަމަކުރުމުގެ މަޝްރޫއަށް ސަރުކާރުން ވަނީ 1.1 މިލިއަން ރުފިޔާގެ ބަޖެޓެއް ހިމަނާފައެވެ.

ކ. ގުރައިދޫގައި މި ސަރުކާރުން ހިއްކި ޕިކްނިކް އައިލެންޑް ވަރަށް ބާރަށް ގިރަމުންދާއިރު، އެ ރަށުގައި ހިއްކި ބިންވެސް އެކި ދިމާލުން ގިރަމުންދާކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button