ޚަބަރުސިޔާސީ

ރައްޔިތުންނަށް ޓެކްސްގެ ތަކްލީފް، ވެރިން ވޯލްޑްކަޕް ބެލުމާއި ޅައިރު ނުވި ޕޯޒްތައް ކުރަން: ޑރ.ޖަމީލް

ރައްޔިތުންނަށް ޖެހެނީ ޓެކްސްގެ ތަކްލީފް ކަމާއި، ވެރިން އުޅުއްވަނީ ވޯލްޑްކަޕް ބެލުމާއި ޅައިރު ނުވި ޕޯޒްތައް ކުރަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ކޯސްޓްގާޑު އުޅަނދެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ފިރިހަކަލުން، އާމިރު، މަޝްހޫރު ހޮލީވުޑް ފިލްމް ޓައިޓޭނިކްގައި ލިއަނާޑޯ ޑީކެޕްރިއޯ އަދި ކޭޓް ވިންސްލެޓް ޓައިޓޭނިކް ބޯޓުގެ ދިރުނބާކޮޅުގައި ހުއްޓިގެން ތިބޭ ގޮތަށް ތިބެގެން ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކުރައްވާފައިވާ ޓްވީޓެއްގައެވެ.

މި ޓްވީޓްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ރައްޔިތުންނަށް ޓެކްސްގެ ތަކްލީފު ޖައްސާފައި ވެރިން މަޖާ ނަގަނީ ކަމަށެވެ. ޑރ.ޖަމީލް ވިދާޅުވެފައިވަނީ މިހާރު ފެންނަމުންދާ މަންޒަރުތަކުން އެމްޑީޕީގެ އޮޑި ފެތޭކަން ޔަގީންވެފައިވާކަމަށާއި އަދި މިނިސްޓަރު މާރިޔާ ނާޖާއިޒު ފައިދާ ނަންގަވާފައިވާކަމަށް ކަށަވަރު ވާކަމަށެވެ.

މި ރައުޑީ އަމަލުން ގެއްލެނީ އެމްއެންޑީއެފްގެ އިޙްތިރާމް. “ ޖަމީލު ވިދާޅުވިއެވެ.

ގިނަ ބަޔަކު މިނިސްޓަރ މާރިޔާގެ މި ވީޑިއޯއާއި ގުޅިގެން މީސްމީޑިއާގައި ފާޑުކިޔާފައިވެއެވެ. އެގޮތުން، ކޯސްޓު ގާޑު އުޅަނދުތައް މާރިޔާދީދީގެ އަމިއްލަ ބޭނުމަށް ބޭނުން ކުރުމަކީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވުން ކަމަށް ބައެއް އާއްމުން ބުނެފައިވެއެވެ.

މިދަތުރުގެ ތަފްސީލާ ގުޅޭގޮތުން މާރިޔާ ވިދާޅުވީ އެއީ އަމިއްލަފުޅު ދަތުރެއް ނޫން ކަމުގައެވެ. އެކަމަކު މި ދަތުރަކީ ކޮންބޭނުމަކު ކުރެއްވި ދަތުރެއްތޯ އަދި މި ދަތުރުގެ ތެލުގެ ހަރަދާއި އެހެނިހެން ހަރަދުތައް ހަމަޖެއްސެވީ ކޮން ފަރާތަކުން ތޯ އެކަމަނާ ވިދާޅެއް ނުވެއެވެ. 

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސަރުކާރުގެ ފަރާތްތަކުން ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކުރާ ފުރަތަމަ ފަހަރެވެ. ކުރީގެ ރައީސް މައުމޫންގެ ސަރުކާރަށް އެމްޑީޕީން އިދިކޮޅުގައި އޮވެގެން އެންމެ ބޮޑަށް ފާދުކީ އެއް ކަމަކީ ދައުލަތުގެ ވަސީލަތްތައް ސަރުކާރުގެ އިސްވެރިން ނަހަމަ ގޮތުގައި ބޭނުންކުރާކަމަށެވެ. ނަމަވެސް، އެމްޑީޕީގެ ސަރުކާރު އައިފަހުން މިކަން ވެފައިވަނީ އާންމުކަމަކަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button